logo minivan

English

ހޮނިހިރު, 19 އޮކްޓޯބަރ 2024

ވައްކަން ކުރި މީހެއްގެ ގައިގަ ދަވާދުލާ އަނިޔާކުރި ބަޔަކު ހޯދަނީ

މާފަންނުގައި ހުރި ފިހާރައަކުން މީހަކު ވައްކަން ކުރި ކަމަށް ބުނެ އެމީހާގެ ގައިގާ ދަވާދުލާ އަނިޔާކުރި ބަޔަކާ، ވައްކަމުގެ ތުހުމަތުކުރާ މީހާ ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.

އާންމުވެފައިވާ ވީޑިއޯ އަކުން ފެންނަގޮތުގައި ބަޔަކު ވަނީ، ފިހާރައަކުން ވައްކަން ކުރި ކަމަށް ބުނާ މީހަކު މަގުމައްޗަށް ނެރެ އެމީހާ މަތިން ލައިގެން ހުރި އަންނައުނު ބާލުވާ މުޅި ގައިގައި ދަވާދު ހާކާ އަނިޔާކޮށްފައެވެ.

ވީޑިއޯއިން ފެންނަގޮތުގައި ދަވާދު ދަޅުން އޭނާގެ ބޮލުގައި ވެސް ޖަހައެވެ.

މިމައްސަލައި އާއި ގުޅިގެން ފުލުހުން މިއަދު ބުނީ މާފަންނުގައި ހުރި ފިހާރައަކުން ވައްކަން ކުރި މީހަކު ހިފަހައްޓައިގެން އުޅޭ ކަމަށް ރޭ ދަންވަރުގެ ވަގުތެއްގައި ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ. އަދި މައްސަލަ ރިޕޯޓްކުރުމާ އެކު ފުލުހުން އެ ސަރަހައްދަށް ދިޔައިރު އެ މީހުން އެ ސަރަހައްދު ދޫކޮށް ގޮސްފައިވާ ކަމަށް ވެސް ފުލުހުން ބުންނެވެ.

ފުލުހުން ބުނީ މިމައްސަލައާއި ގުޅިގެން އެ ސަރަހައްދުގެ ސީސީޓީވީ ފްޓޭޖުތައް ބަލައި ވައްކަން ކުރި ކަމަށް ބެލެވޭ މީހާ އާއި އޭނާއަށް އަނިޔާވެރިވި މީހުން ދެނެގަތުމުގެ މަސައްކަތް ތަހުގީގުގެ ތެރެއިން ކުރަމުންދާ ކަމަށެވެ.

ތަފާތު ކުށްކުރާ މީހުނަށް މަގުމަތިން ލާއިންސާނީ އަދަބު ނުދީ އެމީހުނަށް ގާނޫނާއި ގަވައިދުގެ ދަށުން އަޅަން ޖެހޭ ފިޔަވަޅު އެޅުމަށް ފުލުހުންނާ ހަވާލުކުރުމަށް ތަކުރާރުކޮށް ފުލުހުން އިލްތިމާސްކުރެއެވެ.

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *