logo minivan

English

ހުކުރު, 22 ނޮވެމްބަރ 2024

ޓްރާންޕޯޓް މިނިސްޓްރީގެ އޮންލައިން ހިދުމަތްތައް ދެ ދުވަހަށް މެދުކެނޑިދާނެ

ޓްރާންސްޕޯޓް މިނިސްޓްރީގެ އޮންލައިން ހިދުމަތްތައް ކުރިއަށް އޮތް ދެ ދުވަހަށް މެދުކެނޑިދާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފި އެވެ.

ޓްރާންސްޕޯޓް މިނިސްޓްްރީން ކުރި އިއުލާނެއްގައި ބުނީ އެ މިނިސްޓްރީ މިހާރު ހިންގަމުންދާ އުމަރު ޒާހިރު އޮފީސް އިމާރާތަށް ކަރަންޓު ދިނުމަށް އިމާރާތުގެ ބޭރުގައި ބަހައްޓާފައި ހުރި ވަގުތީ އޮއިލް ޓްރާންސްފޯމަރ،ު ޑްރައި ޓްރާންސްފޯމަރަކަށް ބަދަލުކުރުމުގެ މަސައްކަތް ސްޓެލްކޯ އިން ކުރަމުންދާ ކަމަށެވެ.

އަދި އެ މިނިސްޓްރީން ބުނީ ކުރިއަށް އޮތް ހުކުރު އަދި ހޮނިހިރު ދުވަހުގެ ނިޔަލަށް މިމަސައްކަތް ކުރަމަށް ހަމަޖެހިފައިވާތީ އެ ވަގުތުތަކުގައި މިނިސްޓްރީން ކަރަންޓް ކެނޑިފައި ހުންނާނެތީވެ ހިދުމަތް މެދުކެނޑިދާނެ ކަމަށެވެ.

"މިކަމާގުޅިގެން ހިދުމަތް ލިބިގަންނަ ފަރާތްތަކަށް ދިމާވެދާނެ ދަތިތަކަށްޓަކައި ނިހާޔަތަށް މައާފަށް އެދެމެވެ،" މިނިސްޓްރީގެ އިއުލާންގައި ބުނެފައިވެއެވެ.

ޓްރާންސްޕޯޓް މިނިސްޓްރީ އިން ވަރަށް ގިނަ ހިދުމަތްތަކެއް އޮންލައިންކޮށް ދެމުންގެންދެއެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ