logo minivan

English

ހޮނިހިރު, 19 އޮކްޓޯބަރ 2024

އެކްސްކަވޭޓަރެއް ފުރޮޅާލައިގެން މީހަކު މަރުވެއްޖެ

ނ. މާފަރުގައި އެކްސްކަވޭޓަރެއް ބަންޑުން ޖަހާލައިގެން މީހަކު މަރުވެއްޖެއެވެ.

އެ ހާދިސާގައި މަރުވެފައިވަނީ އެކްސްކަވޭޓަރު ދުއްވަން އިން ޑިރައިވަރު ކާތިކް ސްބްރާމަނިއަން (35އ) އެވެ.

މާފަރު ކައުންސިލުން މައުލޫމާތު ދިން ގޮތުގައި އޭނާ އަކީ އިންޑިޔާއަށް ނިސްބަތްވާ މީހެކެވެ.

ފުލުހުން ބުނީ އެ ހާދިސާ އާ ގުޅިގެން މިއަދު ހެނދުނު 9:27 ހާއިރު ފުލުހުންނަަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.

އޭނާގެ ހަށިގަނޑު މިހާރު އޮތީ އެ ރަށު ސިއްހީ މަރުކަޒުގައި ކަމަށާއި މަރުކަޒަށް ގެންދިޔަ އިރުވެސް އޭނާ އޮތީ މަރުވެފައިކަމަށް މައުލޫމާތު ލިބެއެވެ.

އިތުރަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެ މީހާގެ ބޯ ވަނީ ފަޅައިގެން ގޮސްފައިކަމަށާއި ވާއަތްފަރާތުގެ ކަންފަތުގެ މަތިން 2 އިންޗިއެއްހާ ވަރު ވަނީ ފަޅައިގެން ގޮސްފައެވެ.

ކާތިކް އެ ރަށަށް ދިޔައީ އެމްޓީސީސީގެ މުވައްޒަފެއްގެ ގޮތުގައި މާފަރު އެއާރޕޯޓް ތަރައްގީ ކުރުމުގެ މަސައްކަތަށެވެ.

ފުލުހުން ދަނީ އެ ހާދިސާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންނެވެެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *