logo minivan

English

ހުކުރު, 22 ނޮވެމްބަރ 2024
2018 ވަނަ އަހަރު އެމްޑީޕީގެ " ހިތާއި ހިތުގެ ގުޅުން" ހަރަކާތެއްގައި ސަގަރު ނާސިރު ބައިވެރިވަނީ --- ފޮތޯ: ވަންއޮންލައިން

ނަޝީދުގެ 'ދަ ޑިމޮކްރޭޓްސް' އަށް ސަގަރު ނާސިރު ސޮއިކޮށްފި

1988 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތިންވަނަ ދުވަހު ރާއްޖެއަށް ދިން އުދުވާނީ ހަމަލާ ރޭވުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވި އެކަކު ކަމުގައިވާ އަހުމަދު ނާސިރު (ސަގަރު ނާސިރު)، ރައީސް މުޙައްމަދު ނަޝީދު ގެ ފިކުރެއްގެ ދިރުމުން އުފެއްދި "ދަ ޑިމޮކްރޭޓްސް" އަށް ސޮއިކޮށްފިއެވެ.

ސ. ހިތަދޫ ޕެރިސް ހޮލިޑޭ، އަޙުމަދު ނާސިރުގެ މައްޗަށް ދައުލަތުން އުފުލި ދައުވާ ތަންފީޒު ކުރުމަށްފަހު އޭނާ ވަނީ މީގެ ހަތަރުއަ ހަރުކުރިން މިނިވަން ވެފަ އެވެ.

19 ދިވެހިން ޝަހީދުވި ފަހުގެ ދިވެހިން ދެކުނު އެންމެ ބިރުވެރި ނޮވެމްބަރު 3 ގެ އުދުވާނީ ހަމަލާ ރޭވުމުގެއަޑިގައި އުޅުނު ސަގަރު ނާސިރު، މީގެ ކުރިން ވެސް ރައީސް ނަޝީދަށް ތާއީދުކޮށްފައި ވެއެވެ.

އެގޮތުން 2018 ވަނަ އަހަރު ރައީސް ނަޝީދަށް މަރުހަބާ ދެންނެވުމަށް ނިކުމެ ތިބި މީހުންގެ ތެރެއިން ވެސް އޭނާ ފެނިފައިވެއެވެ.

 

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ