logo minivan

English

ހުކުރު, 22 ނޮވެމްބަރ 2024

މާލޭ ސިޓީ ކައުންސިލަށް 100 ބަކަރި ފޯރުކޮށްދޭނެ ފަރާތެއް ހޯދަނީ

މާލޭ ސިޓީ ކައުންސިލުން ބޮޑު އީދާ ދިމާކޮށް ކަތިލުމަށް ހަމަޖެހިފައިވާ 100 ބަކަރި ފޯރުކޮށްދޭނެ ފަރާތެއް ހޯދަން އިއުލާން ކޮށްފިއެވެ.

ސިޓީ ކައުންސިލްގެ ޖަލްސާއެއްގައި މޭޔަރ މުއިއްޒު ވިދާޅުވީ މިއަހަރު އުލްހިޔާ ކަތިލުން ކުރިއަށް ގެންދަން ބޭނުންވަނީ ހެޔޮއެދޭ، ވީހާވެސް ގިނަ ބަޔަކު ބައިވެރިކޮށްގެން ވަރަށް ފުޅާކޮށް ކަމަށެވެ.

އެގޮތުން މާލޭގައި 100 ބަކަރި ކަތިލުމަށް ނިންމާފައިވާއިރު، އެ ކައުންސިލުން ރޭ ކުރި އިއުލާނެއްގައި ބުނެފައިވަނީ ބަކަރި ސަޕްލައި ކުރުމަށް ޝައުގުވެރިކަން ހުރި ފަރާތްތަކުން މައުލޫމާތު ސާފުކުރެއްވުމަށާއި، އަގުހުށަހެޅުއްވުމަށް މިހާރު ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

އަދި މައުލޫމާތު ސާފުކުރެއްވުމުގެ ސެޝަން އޮންނާނީ މާދަމާ އޮންނާނެ ކަމަށާއި އަންނަ މަހުގެ 04 ވަނަ ދުވަހު އަގު ހުށަހެޅުން އޮންނާނެ ކަމަށް އިއުލާނުގައި ބުނެފައިވެއެވެ.

އިއުލާނުގައިވާ ގޮތުން އަގު ހުށަހެޅުމުގައި ބައިވެރިވެވޭނީ ދިވެހި ކުންފުނި، ޕާޓްނާޝިޕް، ލޯކަލް އިންވެސްޓްމަންޓް، ވިޔަފާރި ކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކަށެވެ.

ސިޓީ ކައުންސިލުން ފުރަތަމަ އިއުލާން ކުރީ 200 ބަކަރި ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށެވެ. ނަމަވެސް އެ އިއުލާން މިހާރު ބާތިލްވެ، އިއްޔެ ވަނީ 100 ބަކަރި ފޯރުކޮށްދޭނެ ފަރާތެއް ހޯދަން އިއުލާން ކޮށްފައެވެ.

އެ ކައުންސިލުން ވަނީ މިދިޔަ އަހަރު ވެސް އުރީދޫ މޯލްޑިވްސްއާ ގުޅިގެން އަޟްހާ އީދުގައި އުލްހިޔާ ކަތިލާފައެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ