logo minivan

English

ހުކުރު, 22 ނޮވެމްބަރ 2024

އަންސާރު، ޑެޕިއުޓީ މިނިސްޓަރުގެ މަގާމުން ވަކިކޮށްފި

އެންވަޔަރަންމަންޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރެއްގެ މަގާމުގައި ހުންނެވި، މުހައްމަދު އަންސާރު، އެމަގާމުން ވަކިކޮށްފިއެވެ.

މިއަދު އަންސާރު މަގާމުން ވަކިކޮށްފައިވާ އިރު، އޭނާ ވަނީ ރައީސް ނަޝިދުގެ ފިކުރެއްގެ ދިރުމުން އުފެއްދި ޕާޓީ ދަ ޑޮމޮކްރޭޓްސް އަށް ސޮއިކުރައްވާފައެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު މިނިވަން އަށް ވިދާޅުވީ އަންސާރު މަގާމުން ވަކިކުރީ، އެޕްޑީޕީއިން ކެނޑުނު ސްލޮޓްތައް ވަކިކޮށްދިނުމަށް އެޕާޓީއިން އެދިފައިވާތީ ކަމަށެވެ.

" އެ ބޭފުޅުން އައްޔަން ކުރެއްވީ އެމްޑީޕީ ގެ ސްލޮޓް ތަކަށް، އެއީ މިހާރު އެމްޑީޕީ މެމްބަރުން ނޫންކަމުން، އެ ސްލޮޓްތަކުން ވަކިކޮށްދޭން އެމްޑީޕީއިން އެދިފައިވާތީ ވަކި ކުރީ " މިއުވާން ވިދާޅުވި އެވެ.

އަންސާރު މަގާމަށް ވަޑައިގެންނެވީ އެމްޑީޕީގެ ސްލޮޓުގައި ކަމަށް ވާތީ، އެނާ ޕާޓީ ބަދަލުކުރެއްވުމުން، މަގާމުން ވަކިކުރީއެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ