logo minivan

English

ހޮނިހިރު, 19 އޮކްޓޯބަރ 2024

މާ ބަރުކޮށް މުދާ އުފުލި ދޯންޏެއް ފުލުހުން ހުއްޓުވައިފި

ގަވާއިދާ ހިލާފަށް މާ ބަރުކޮށް މުދާ އުފުލައިގެން ދަތުރު ކުރަމުންދިޔަ ދޯންޏެއް ފުލުހުން ހުއްޓުވައި އެ މައްސަލަ ބަލަން ފަށައިފިއެވެ.

މެރިން ފުލުހުން ބުނީ ހަތަރު ވަރަކަށް ކޮންޓެއިނާ އެކު، ލ. އަތޮޅުން ފުރައިގެން މާލެ އަށް ދަތުރުކުރާ ކަމަށް ރޭ 10:17 އެހާކަށްހާ އިރު ލިބުނު މައުލޫމާތަކާއި ގުޅިގެން އެ ދޯނީގެ ކައްޕި އަށް ގުޅައި އެންމެ ކައިރި ބަނދަރަކަށް ވެއްދުމަށް އެދުނު ކަމަށެވެ. އަދި އިތުރަށް ދަތުރު ކުރިއަށް ނުގެންދިއުމަށްވެސް އެންގި ކަމަށް މެރިން ފުލުހުން ބުނެއެވެ.

އިތުރަށް މެރިން ފުލުހުން ބުނީ، މި ދުވަސްތަކަކީ މޫސުން ގޯސް ދުވަސް ވަރަކަށް ވުމުން، ކަނޑުމަތީގައި ހިތާމަވެރި ހާދިސާތައް ހިނގާ މުދާތަލަށް ގެއްލުންތަކެއް ލިބެމުން އަންނަ ކަމަށެވެ. އެހެންކަމުން ކަނޑު މަގުން ދަތުރު ކުރާ ފަރާތްތަކުން ރައްކާތެރިކަމުގެ ހުރިހާ ފިޔަވަޅުތައް އެޅުމަށް ފުލުހުން ވަނީ ނަސޭހަތްތެރިވެފައެވެ.

މެޓް އޮފީހުން ވަނީ ރާއްޖޭގެ މޫސުން ކުރިއަށް އޮތް ގޮތަށް ބަލައި، އުތުރާއި މެދު ރާއްޖެ ތެރޭގެ އެކި ހިސާބުތަކަށް ވިއްސާރަ ކުރާނެ ކަމަށް ވަނީ ބުނެފައެވެ.

 

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *