logo minivan

English

ހޮނިހިރު, 19 އޮކްޓޯބަރ 2024

ފުލުހެއްގެ ގައިގައި ޖެހި މައްސަލާގައި ހޯދަމުންދިޔަ މީހާ ހައްޔަރުކޮށްފި

ހުޅުމާލޭގައި ފުލުހެއްގެ ގައިގައި ޖަހާ މާރާމާރީ ހިންގި މައްސަލައަކާއި މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރުމަށްޓަކައި ހޯދަމުންދިޔަ މީހާ ހައްޔަރުކޮށްފި ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ ހޯދަމުންދިޔައީ ޏ. ފުވައްމުލައް / ދަޑިމަގު.ބޭރެފީށި، މުޙައްމަދު އަންސާމް އިބްރާހީމް (23އ) ކަމަށެވެ. އަދި އޭނާ ހައްޔަރުކުރީ މިދިޔަ ބުރާސްފަތި ދުވަހު ހަވީރުގެ ވަގުތެއްގައި ހުޅުމާލެ ޕޮލިސް ސްޓޭޝަނަށް އަމިއްލައަށް ހާޒިރުވުމުން ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން އޭނަ ހޯދަން މިދިޔަ ބުދަ ދުވަހުގައި އިއުލާންކުރީ މިދިޔަ މަހުގެ 21 ވަނަ ދުވަހުގެ ވަގުތެއްގައި ބަޔަކު ބައިވެރިވެގެން ފުލުހެއްގެ ގައިގައި ޖަހާ މާރާމާރީ ހިންގި މައްސަލަ އާއި އަންސާމުގެ މައްޗަށް ތުހުމަތުކުރެވޭ މަސްތުވާތަކެތީގެ މައްސަލައެއްގަ އެވެ.

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *