ގއ. ވިލިނގިލިން ގެއްލިގެން ހޯދަމުން ދިޔަ އެރަށު ރަތްވިލާއާގެ، އައްސަދު އަހުމަދު (38އ) ފެނިފައިވާ ކަމަށާއި އޭނާގެ ހާލު ރަނގަޅު ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
އައްސަދު ގެއްލިގެން ފުލުހުންނަށް ރިޕޯޓުކުރީ ބުރާސްފަތި ދުވަހުގެ ރޭ 1:10 ގާއިރު އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ އައްސަދު ވަނީ ރޭ ދަންވަރު ގެއަށް އައިސްފައި ވާކަމަަށެވެ.
އައްސަދު ގެއްލިގެން ފުލުހުންނާއި އާންމުން އޭނާ ހޯދުމުގެ މަސައްކަތް ކުރި އިރު ، އޭނާ ހުރީ އެރަށު ގެއެއްގެ ތެރޭގައި ފިލާ ކަމަށް ވިލިގިނިން މައުލޫމާތު ދިން މީހަކު ބުންޏެވެ.