logo minivan

English

ހޮނިހިރު, 19 އޮކްޓޯބަރ 2024

މާލޭގެ ގެއެއްގައި ރަހީނުކުރި މީހުންނަށް ފަރުވާދިނުމަށްފަހު ދޫކޮށްލައިފި

މާލޭގެ ގެއެއްގައި ރަހީނުކޮށްގެން އުޅެނިކޮށް އިއްޔެ ސަލާމަތްކުރި މީހުންނަށް ފަރުވާ ދިނުމަށް ފަހު ހޮސްޕިޓަލުން ދޫކޮށްލައިފި އެވެ.

ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން އެތަންނަށް ގޮސް، ބާރުގެ ބޭނުންކޮށްގެން، އެތެރެއަށް ވަދެ، ރަހީނުކޮށްފައި ތިއްބައި އިއްޔެ ހަވީރު ސަލާމަތްކުރީ ދިވެހި ތިން ފިރިހެނެކެވެ.

ފުލުހުން ބުނީ، ރަހީނުކޮށްފައި ތިބި މީހުނަށް އެކިވަރުގެ އަނިޔާ ލިބިފައިވާ ކަމަށާއި ޑޮކްޓަރަށް ދެއްކުމަށް އެމީހުން އައިޖީއެމްއެޗަށް ގެންގޮސްފައިވާ ކަމަށެވެ. އަދި ހޮސްޕިޓަލުން ބުނީ ތިން މީހުންނަށް ވެސް ފަރުވާ ދިނުމަށް ފަހު މިހާރު ދޫކޮށްލާފައިވާ ކަމަށެވެ.

ރަހީނުކޮށްފައި ތިއްބައި ސަލާމަތްކުރި މީހުންނަށް އަނިޔާތަކެއް ލިބިފައި ހުއްޓަސް، އެއްވެސް މީހަކަށް ސީރިއަސް ގެއްލުމެއް ލިބިފައެއް ނުވެއެވެ. އެކަމަކު އެ މީހުންނާ ބެހޭ އިތުރު އެއްވެސް މައުލޫމާތެއް ފުލުހުން ނުދެއެވެ.

ފުލުހުން ބުނި ގޮތުގައި ތިން މީހުން ރަހީނުކޮށްފައި ތިބީ ހެންވޭރު އަބަދަށް އުފާ މަގުގައި ހުރި ގެއެއްގަ އެވެ. އެ މައްސަލައާ ގުޅިގެން 18 އަހަރުން ދަށުގެ ކުއްޖަކާއި ދިވެހި ފިރިހެނަކު، ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

މިމައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *