logo minivan

English

ހޮނިހިރު, 19 އޮކްޓޯބަރ 2024

ރަހީނުކުރިކަމުގެ ތުހުމަތުގައި ހައްޔަރުކުރި މިހާގެ ބަންދަށް 15 ދުވަސް

މާލޭގެ ގެއެއްގައި 3 ދިވެހި ފިރިހެނުން ރަހީނުކޮށް ގެންގުޅުނު ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ފިރިހެންމީހާގެ ބަންދަށް 15 ދުވަސް ކްރިމިނަލް ކޯޓުން ޖަހައިފިއެވެ.

ފުލުހުން މައުލޫމަތު ދިން ގޮތުގައި މި މައްސަލައާއި ގުޅިގެން ހައްޔަރުކުރި 18 އަހަރުން ދަށުގެ ކުއްޖާ މިހާރު ވަނީ އާއިލާ އާއި ހަވާލު ކޮށްފައެވެ.

ހެންވޭރު އަބަދަށް އުފާ މަގުގައި ހުރި ގެއެއްގައި 3 ދިވެހި ފިރިހެނުން ރަހީނުކޮށް އުޅެނިކޮށް ފުލުހުން ވަނީ އިއްޔެ ސަލާމަތް ކޮށްފައެވެ. އެމީހުން ސަލާމަތް ކޮށްފައިވަނީ ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން އެތަންނަށް ގޮސް، ބާރުގެ ބޭނުންކޮށްގެން، އެތެރެއަށް ވަދެއެވެ.

ފުލުހުން ބުނީ ރަހީނުކޮށްފައި ތިބި މީހުނަށް އެކިވަރުގެ އަނިޔާ ލިބިފައިވާ ކަމަށާއި ޑޮކްޓަރަށް ދެއްކުމަށް އެމީހުން އައިޖީއެމްއެޗަށް ގެންގޮސްފައިވާ ކަމަށެވެ. އަދި މިހާރު ވަނީ ތިން މީހުންނަށް ވެސް ފަރުވާ ދިނުމަށް ފަހު ދޫކޮށްލާފައެވެ.

ރަހީނުކޮށްފައި ތިއްބައި ސަލާމަތްކުރި މީހުންނަށް އަނިޔާތަކެއް ލިބިފައި ހުއްޓަސް، އެއްވެސް މީހަކަށް ސީރިއަސް ގެއްލުމެއް ލިބިފައެއް ނުވެއެވެ. އެކަމަކު އެ މީހުންނާ ބެހޭ އިތުރު އެއްވެސް މައުލޫމާތެއް ފުލުހުން ހިއްސާކޮށްފައެއް ނުވެއެވެ.

މިމައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *