logo minivan

English

ހުކުރު, 22 ނޮވެމްބަރ 2024
ހުޅުމާލެ ފޭސް2
ކުއްލި ޚަބަރު

"ބިންވެރިޔާ" ސްކީމުގެ ދަށުން ގޯތި ލިބޭ މީހުންގެ ލިސްޓު އާންމުކޮށްފި

މާލޭ ރައްވެހިންނަށް ދޫކުރާ ގޯތި ލިބޭ މީހުންގެ ލިސްޓު އާންމުކޮށްފި އެވެ.

ދާދި ދެންމެ ޕްލޭނިން މިނިސްޓްރީއިން ގެޒެޓް ކުރި އިއުލާނެއްގައި ، "ބިންވެރިޔާ ސްކީމް"ގެ ދަށުން ގޯއްޗަށް ހުށައެޅި ފަރާތްތަކުގެ ތެރެއިން ގޯތި ލިބޭ މީހުން ހިމެނޭ، ވަގުތީ ލިސްޓް މިހާރު ވަނީ އާންމުކޮށްފައެވެ.

މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕްލޭނިން މިނިސްޓަރު މުޙައްމަދު އަސްލަމް ވަނީ، "ބިންވެރިޔާ ސްކީމް" ކުރިޔަށް ގެންދިޔަ ގޮތުގެ މައުލޫމާތު ދެއްވާފައެވެ.

ބިންވެރިޔާ ސްކީމްގެ ދަށުން ގޯއްޗަށް ހުށައެޅި ފަރާތްތަކުގެ ތެރެއިން، 19857 މީހުން ހުށައެޅި، 12794 ފޯމު ވަނީ ޝަރުޠުހަމަވެފައެވެ. އަދި ޝަރުތު ހަމަވެފައިވާ ފަރާތްތަކުގެ ތެރެއިން ވަކިން ފޯމްހުށައަޅައިފައިވާ ފަރާތްތަކަށް ޖޮއިންޓްވުމުގެ ފުރުސަތު ދިނުމަށްވެސް ވަނީ ނިންމާފައެވެ.

ބިންވެރިޔާ ސްކީމްގެ ދަށުން މިއަދު އިއުލާނުކުރި ލިސްޓްގައި ގޯތި ލިބޭ މީހުންގެ ތެރޭގައި 10314 މީހުން ހިމެނިފައިވެއެވެ. އަދި ލިސްޓަށް ޝަކުވާ ހުށައެޅުމުގެ ފުރުޞަތު ޖުލައިމަހުގެ 15ވަނަ ދުވަހާއި ހަމައަށް ވަނީ ހުޅުވާލާފައެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ