މާލެއަށް ނިސްބަތްވާ 53 އަހަރުގެ އަންހެނަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.
އިއްޔެގެ ވަގުތެއްގައި ވިިލިމާލެއިން ގެއްލިގެން ހޯދަނީ މ. އާޒާދީގުލަޝަން، އާތިފާ އަބްދުﷲ ނަމަކަށް ކިޔާ ދިވެހި އަންހެނެކެވެ.
ފުލުހުން ބުނީ އޭނާ އެންމެ ފަހުން ފެނިފައިވަނީ ވިލިމާލޭގައި އޭނާ ދިރިއުޅޭ ގެއިން، ރޭ 22:45 ހާއިރު ކަމަށެވެ.
އަދި އޭރު އޭނާ ލައިގެންހުރީ ފެހި ކުލައިގެ ހެދުމަކާއި، އަޅައިގެން ހުރީ ފިޔާތޮށި ކުލައިގެ ޝޯވްލްއެއް ކަމަށް އޭނާގެ އާއިލާއިން ފުލުހުންނަށް މައުލޫމާތި ދީފައިވާ ކަމަށެވެ.
އެގޮތުން އާތިފާއާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ހޮޓްލައިން 3322111 އަށް ނުވަތަ ވިލިމާލެ ޕޮލިސް ސްޓޭޝަންގެ ހޮޓްލައިން 9790083 އަށް ގުޅުއްވައި ހިއްސާކުރެއްވުމަށް ފުލުހުން އެދެއެވެ.
އާތިފާ ގެއްލިގެން މިއަދު ހެނދުނު 10:25 ހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާތީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.