logo minivan

English

ހޮނިހިރު, 19 އޮކްޓޯބަރ 2024

ދާރުލް އާސާރުގެ ދިދަ ތިރިކުރަން އުޅުނު މީހާ ވެއްޓި ވަރަށް ބޮޑަށް ޒަހަމް ވެއްޖެ

ގައުމީ ދާރުލްއާސާރުގައި ނަގާފައި ހުންނަ ގައުމީ ދިދަ ތިރިކުރަން ގޮނޑިއަކަށް އަރައިގެން އުޅުނު ސެކިއުރިޓީ މުވައްޒަފަކު ވެއްޓި ޒަހަމް ވެގެން އައިސީޔޫގައި ފަރުވާދޭން ފަށައިފި އެވެ.

ފުލުހުން ބުނީ، އިއްޔެ 18:00 ހާ އިރު ނެޝަނަލް މިއުޒިއަމްގެ ސެކިއުރިޓީ ގާޑެއްގެ ގޮތުން މަސައްކަތްކުރާ، ބިދޭސީ ފިރިހެނަކު، ދިދަ ތިރިކުރަން އުޅުމުގެ ތެރޭގައި ވެއްޓި ޒަަހަމް ވެފައިވާ ކަމަށެވެ.

އެނގިފައިފާ ގޮތުގައި އެ ސެކިއުރިޓީ ގާޑު، ދިދަ ތިރިކުރަން އުޅުމުގެ ތެރޭގައި ގޮނޑިއަކުން ކައްސާލައިގެން ވެއްޓި، އޭނާގެ ކަރަށް ވަނީ ތޫނު އެއްޗެއް ހެރިފަ އެވެ.

އެނގިފައިވާ ގޮތުގައި ސާޖަރީއެއް ހެދުމަށް ފަހު އޭނާއަށް މިހާރު ފަރުވާ ދެމުން އަންނަނީ އައިޖީއެމްއެޗެގެ އައިސީޔޫގަ އެވެ.

މިހާދިސާ އާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުންދާކަމަށް ފުލުހުން ބުންޏެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *