logo minivan

English

ހުކުރު, 22 ނޮވެމްބަރ 2024

ނަޝީދު މާދަމާ ރޭ ޑިމޮކްރެޓްސް އަށް ސޮއި ކުރަނީ

ދަ ޑިމޮކްރެޓްސް އުފެއްދުމަށް މާދަމާ ރޭ ބާއްވާ ޖަލްސާގައި، އެ ޕާޓީ އުފެއްދުމުގައި އެންމެ އިސްކޮށް ހުންނެވި މުހައްމަދު ނަޝީދު ޕާޓީ އަށް ސޮއިކުރައްވާ ގޮތަށް ހަމަޖެހިއްޖެއެވެ.

އެ ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ މާދަމާ ރޭ 8:30 ގައި ގިޔާސުއްދީން ސްކޫލު ހޯލުގައެވެ. އެ ޕާޓީގެ މެންބަރުންނަށާއި ތާއިދު ކުރައްވާ ފަރާތްތަކަށް ވަނީ ޖަލްސާއަށް އައުމަށް ދައުވަތު އަރުވާފައެވެ. އަދި މިއީ ޑިމޮރެކްޓްސްގެ ހަރަކާތެއްގައި ނަޝީދު ބައިވެރިވެވަޑައިގަންނަވާ ފުރަތަމަ އިވެންޓެވެ.

ނަޝީދު ވަނީ އެމްޑީޕީގެ ރައީސްގެ މަގާމުގައި ހުންނަވާ މިދިޔަ މަހުގެ 21 ވަނަ ދުވަހު އެ ޕާޓީން ވަކިވެވަޑައިގެންފައެވެ.

ދަ ޑިމޮކްރެޓްސް އުފެއްދުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަން (އީސީ) އިން ދިނީ މިމަހުގެ ދެވަނަ ދުވަހުއެވެ. އެ ޕާޓީއަށް ހުއްދަ ދޭން ނިންމީ, އެކަމަށް އީސީން ބާއްވަން ޖެހޭ ބައްދަލުވުން ކޯރަމް ހަމަނުވެގެން ނުބޭއްވިގެން މައްސަލަ ހޫނުވެފައި ވަނިކޮށް އޮންލައިންކޮށް އެ ކޮމިޝަނުގެ މެންބަރުންނަށް ގުޅާ މަޝްވަރާ ކުރުމަށްފަހު އެވެ.

ޑިމޮކްރެޓްސް އުފައްދަން ބޭނުންވާ 3000 މީހުންގެ ސޮއި ހަމަކޮށް އީސީ އަށް ހުށަހެޅީ މިދިޔަ މަހުގެ އެއްވަނަ ދުވަހުއެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ