logo minivan

English

ހުކުރު, 22 ނޮވެމްބަރ 2024
hajj

އަނެއްކާ ވެސް ދިވެހި ހައްޖާޖީއަކު ނިޔާވެއްޖެ

މި އަހަރު ހައްޖުގެ އަޅުކަން އަދާކުރުމަށް ސައުދީ އަރަބިއްޔާ އަށް ދިޔަ އިތުރު ހައްޖުވެރިއަކު ނިޔާވެއްޖެއެވެ.

ދިވެހި ހައްޖު މިޝަނުން މިއަދު ބުނި ގޮތުގައި ނިޔާވެފައި ވަނީ މޯލްޑިވްސް ހައްޖު ކޯޕަރޭޝަން ލިމިޓެޑްގެ ހަވާލުގައި ހައްޖަށް ދިޔަ ހދ. ކެލާ، ސީސާންގެ، އަލީ ގާސިމް 81، އެވެ.

އޭނާ ނިޔާވެފައި ވަނީ މަދީނާ ހޮޓަލްގައި ހުއްޓާ ހެނދުނުގެ ވަގުތެއްގައި ކަމަށް ހައްޖު މިޝަނުން ބުންޏެވެ.

"މަރުހޫމަށް ސުވަރުގޭގެ ދާއިމީ ނިއުމަތް މިންވަރު ކުރެއްވައި އާއިލާއަށް ކެތްތެރިކަން ދެއްވުން އެދި ދުއާ ދަންނަވަމެވެ." ހައްޖު މިޝަނުން ފޮނުވި މެސެޖްގައި ބުނެފައިވެއެވެ.

މިއީ މިއަހަރު ހައްޖުގެ އަޅުކަން އަދާކުރަން ދިޔަ ދިވެހި ހައްޖާޖީންގެ ތެރެއިން ނިޔާވި 4 ވަނަ ހައްޖީއެވެ. ހައްޖުވެރިން އެނބުރި ރާއްޖެ އަންނަން ފަށާނީ މާދަމާ އެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ