logo minivan

English

ހޮނިހިރު, 23 ނޮވެމްބަރ 2024

ރައީސް ކެމްޕޭނަށް އިތުރު 2 އަތޮޅަކަށް މިއަދު ފުރާވަޑައިގަންނަވަނީ

މިއަހަރު ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ކެމްޕޭނަށް އިތުރު ދެ އަތޮޅަކަށް މިއަދު ފުރާވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެ އެވެ.

މި ދަތުރުފުޅުގައި ރައީސް ވަޑައިގަންނަވަން ހަމަޖެހިފައިވަނީ މ. އަތޮޅާއި ވ. އަތޮޅަށެވެ. އެގޮތުން މ. އަތޮޅުގެ ކޮޅުފުށި، ނާލާފުށި، މުލި އަދި މުލަކަށް ވަޑައިގަތުމަށްފަހު، ވ. އަތޮޅުން ރަކީދޫ، ކެޔޮދޫ، ފެލިދޫ، ތިނަދޫ އަދި ފުލިދޫ އަށް ރައީސް ވަޑައިގަންނަވާނެ އެވެ.

ރައީސް މި ދަތުރުފުޅުގައި ފުރަތަމަ ވަޑައިގަންނަވާނީ މ. ކޮޅުފުއްޓަށެވެ.

އަދި މި ކެމްޕޭން ދަތުރުފުޅުގައި ރައީސް ސޯލިހުގެ ކެމްޕޭން ޖަލްސާއެއް މިރޭ މުލަކުގައި ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ.

ރައީސް ސޯލިހްގެ އަތޮޅުތެރޭގެ ކެމްޕޭން ދަތުރުފުޅު ފެއްޓެވީ ށ. އަތޮޅުންނެވެ. އެ ދަތުރުފުޅުގައި އެކަނިކުފާނު ވަނީ ށ. ކޮމަންޑޫ، މަރޮއްށި، ނޫމަރާ އަދި ފޯކައިދޫ އަށް ވަޑައިގެންފައެވެ. އޭގެ ފަހުން ކ. ގުރައިދޫ ދާއިރާގެ ރަށްތަކުގައި ވެސް ކެމްޕޭން ކުރައްވާފައިވެ އެވެ. "އުފާވެރި އަމާން ރާއްޖެ" ޝިއާރުގެ ދަށުން ކެމްޕޭން ފެށުމުގެ ރަސްމިީ ޖަލްސާ ބޭއްވީ ށ. ފޯކައިދޫގައެވެ. އެއަށްފަހު މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ވަނީ ކ. މާފުށީގައި ވެސް ޖަލްސާއެއް ބާއްވާފައެވެ.

ރައީސް އާއިއެކު މި ކެމްޕޭން ދަތުރުގައި އެމްޑީޕީގެ ކޯލިޝަން ބައިވެރިން ކަމަށްވާ އަދާލަތާއި އެމްޑީއޭގެ ލީޑަރުން ވެސް ބައިވެރިވެވަޑައިގެންނަަވައެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ