މ. ކޮޅުފުށީގައި އިތުރު 50 ހައުސިން ޔުނިޓް ހަދައިދޭނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ މ. އަތޮޅަށް ކުރައްވާ ކެމްޕޭން ދަތުރުފުޅުގައި، ކޮޅުފުށި ރައްޔިތުންނާ ބައްދަލުކުރައްވުމަށް ބޭއްވި ކަންމަތީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ ކޮޅުފޫށީގައި ބޯހިޔާވަހިކަމަށްޓަކައި 100 ހައުސިން ޔުނިޓް އަމަލީ ގޮތުން ފަށާފައިވާއިރު، ކުރިއަށް އޮތް ދައުރުގެ ތެރޭގައި 50 ހައުސިން ޔުނިޓް އިތުރުކޮށްދޭނެ ކަމަށެވެ.
"މިރަށުގައި އަޅުގަނޑުމެން ބޯހިޔާވަހިކަމަށްޓަކައި 100 ހައުސިން ޔުނިޓްގެ މަސައްކަތް އަމަލީ ގޮތުން ފެށި، އެކަން އިރާދަކުރެއްވިއްޔާ ކުރިޔަށް އެދަނީ. ކުރިއަށް މިއޮތް ދައުރުގެ ތެރޭގައި އޭގެ ތެރެއަށް އިތުރު 50 ހައުސިން ޔުނިޓް އިތުރުކޮށް، މިރަށުގެ ރައްޔިތުން އެ ބޭނުންވާ ވަރަށް އަޅުގަނޑުމެން ބޯހިޔާވަހިިކަން ފޯރުކޮށްދޭނަން." ރައީސް ވިދާޅުވިއެވެ.
އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް @ibusolih ގެ ވާހަކަފުޅު ދެއްކެވުން ކުރިއަށްދަނީ.
ރިޔާސީ އިންތިޚާބުގެ ކެމްޕެއިން ޖަލްސާ މ.ކޮޅުފުށީގައި
ކުރިއަށް ދަނީ.#Ibu2023
#VoteMDP
#UfaaveriAmaanRaajje pic.twitter.com/fDE5Q70Cpl— MDP Secretariat (@MDPSecretariat) July 15, 2023
ހަމައެއާއެކު، މިދަތުރުފުޅުގައި އެކަނިކުފާނު ވަނީ ކޮޅުފުށީގެ ފެނުގެ ނިޒާމުގެ ހިދުމަތް ރަސްމީކޮށް ފެށުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއު ނިންމުން ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތު އިފްތިތާހްކޮށްދެއްވާފައެވެ.
މ.ކޮޅުފުށީގެ ފެނުގެ ނިޒާމުގެ ޚިދުމަތް ރަސްމީކޮށް ފެށުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢު ނިމުން ފާހަގަ ކުރުމުގެ ރަސްމިއްޔާތު ރައީސް @ibusolih އިފްތިތާޙުކޮށް ދެއްވައިފި.
#Ibu2023
#VoteMDP
#UfaaveriAmaanRaajje pic.twitter.com/hjzL81kHrK— MDP Secretariat (@MDPSecretariat) July 15, 2023
އޭގެ އިތުރުން، އެރަށުގައި ހުންނަ މ. އަތޮޅު މަދަރުސާގައި މި ސަރުކާރުން ގާއިމްކޮށްދިން މަލްޓި ޕާޕަސް ހޯލާއި 8 ކްލާސްރޫމް އެމަނިކުފާނު ވަނީ ރަސްމީކޮށް ހުޅުވާދެއްވާފައެވެ.
މ.އަތޮޅު މަދަރުސާގައި މިސަރުކާރުން ގާއިމުކުރި 8 ކްލާސްރޫމް އަދި މަލްޓި ޕާޕަސް ހޯލް އިމާރާތް ރައީސް @ibusolih ރަސްމީކޮށް ހުޅުއްވައިދެއްވުން. #Ibu2023 #VoteMDP #UfaaveriAmaanRaajje pic.twitter.com/oeshMX5unh
— MDP Secretariat (@MDPSecretariat) July 15, 2023
އަންނަ ސެޕްޓެމްބަރު މަހުގެ ނުވަވަނަ ދުވަހު ބާއްވަން ހަމަޖެހިފައިވާ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ރައީސް އަދި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހުގެ ކެމްޕޭން އަތޮޅުތެރެއަށް ފަށާފައިވާއިރު، މި ރަށުން ދެން އެމަނިކުފާނު ވަޑައިގަންނަވާނީ މި އަތޮޅު ނާލާފުށްޓަށެވެ.
ތިން ދުވަހުގެ މި ދަތުރުފުޅުގައި މިއަދު އިތުރަށް ވަޑައިގަންނަވާނީ މުލި އަދި މުލަކަށެވެ. އެގޮތުން ރައީސް ސޯލިހުގެ ކެމްޕޭން ޖަލްސާއެއް މިރޭ މުލަކުގައި ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ.
މި ކެމްޕޭން ދަތުރުފުޅުތަކުގައި ރައީސް އާއިއެކު އެމްޑީޕީގެ ކޯލިޝަން ބައިވެރިން ކަމަށްވާ އަދާލަތާއި އެމްޑީއޭގެ ލީޑަރުން ވެސް ބައިވެރިވެވަޑައިގެންނަަވައެވެ.