logo minivan

English

ހުކުރު, 22 ނޮވެމްބަރ 2024

ގަދަ ހޫނަށް ދުނިޔެ ތައްޔާރުވާން ޖެހޭ: އދ

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އާދަޔާ ހިލާފަށް ހޫނުގަދަވުމުންދާތިވެ އދއިން އިންޒާރު ދީފައެވެ.

އުތުރު އެމެރިކާއިން ފެށިގެން ޔޫރަޕާއި އޭޝިއާއާ ހަމައަށް ސިއްހީ އިދާރާތަކުން ވަނީ އިރުގެ އަލިން ރައްކާތެރިކަން ހޯދުމަށް އިލްތިމާސްކޮށްފައެވެ.

އދ.ގެ ވޯލްޑް މީޓިއޮރޮލޮޖިކަލް އޯގަނައިޒޭޝަން (ޑަބްލިއުއެމްއޯ)ގެ ސީނިއާ އެކްސްޓްރީމް ހީޓް އެޑްވައިޒަރެއް ކަމަށްވާ ޖޯން ނައިރަން ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ވިދާޅުވީ މި ހާދިސާތައް އިތުރުވާނެ ކަމަށެވެ. ގަދަ ހޫނަށް ދުނިޔެ ތައްޔާރުވާން ޖެހޭ ކަމަށް އިލްތިމާސްކުރިއެވެ.

ހޫނުގަދަވުމަކީ ގުދުރަތީ ގޮތުން ކުރިމަތިވާ އެންމެ ނުރައްކާތެރި ނުރައްކާތަކުގެ ތެރޭގައި ހިމެނޭ އިރު، ކޮންމެ އަހަރަކު ވެސް ހޫނުގަދަވުމުގެ ސަބަބުން އެތައް ލައްކަ ބަޔަކު މަރުވެއެވެ.

ނައިރަން އިންޒާރު ދެއްވީ، އާބާދީ އިތުރުވަމުންދާ ދަނޑިވަޅެއްގައި، ފިނި ހޫނުމިން އިތުރުވެ، މުސްކުޅިވަމުން އަންނަ އާބާދީތަކުގެ ތެރޭގައި، ސިއްހީ ނުރައްކާ ވަރަށް ހަލުވިކަމާއެކު އިތުރުވަމުންދާކަމެވެ.

ދާދި ފަހުން އިއުލާނު ކުރި އެލްނީނޯ އަށް އޭނާ އަލިއެޅުއްވިއެވެ. އެލްނީނޯ އަކީ މެދުތެރެއާއި އިރުމަތީ އިކުއެޓޯރިއަލް ޕެސިފިކް ކަނޑުގެ ކަނޑުގެ ސަރަޙައްދުގެ ފިނިހޫނުމިން ހޫނުވުމުގެ ސަބަބުން މޫސުމަށް އަންނަ ބަދަލުތަކެކެވެ. މިއީ ކޮންމެ ދެ އަހަރަކުން ހަތް އަހަރަކުން އެއްފަހަރު ދިމާވާ ކަމެކެވެ.

އޭނާ ފާހަގަކުރި ގޮތުގައި 1980 ގެ އަހަރުތަކުން ފެށިގެން އުތުރު ހެމިސްފިއާގައި އެއްފަހަރާ ހޫނު ގަދަވާ މިންވަރު ވަނީ ހަ ގުނަ އިތުރުވެފައެވެ. މި ޓްރެންޑް ދަށްވުމުގެ އެއްވެސް އަލާމާތެއް ނުފެންނަ ކަމަށާއި ހޫނު ގަދަވުމުގެ ސަބަބުން އިންސާނުންގެ ސިއްހަތާއި ދިރިއުޅުމަށް ބޮޑެތި އަސަރުތަކެއް ކުރާނެ ކަމުގެ އިންޒާރު ނައިރަން ވަނީ ދެއްވާފައެވެ.

ދުނިޔޭގައި އެންމެ ހަލުވިކަމާއެކު ހޫނު ގަދަވަމުން އަންނަ ޔޫރަޕުން ތައްޔާރުވަމުން ދަނީ އިޓަލީގެ ސިސިލީ އާއި ސާޑީނިއާގެ ރަށްތަކަށް މިހާރު އުފެދިފައިވާ ހޫނު ގަދަވުމުގެ ޕީކް އަށެވެ. ފިނިހޫނުމިން 48 ޑިގްރީ ސެލްސިއަސް (118 ޑިގްރީ ފެރެންހައިޓް) އަށް އަރާނެ ކަމަށް އަންދާޒާކޮށްފައިވާ ކަމަށެވެ.

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ