logo minivan

English

ހުކުރު, 22 ނޮވެމްބަރ 2024
އީސީގެ ރައީސް ފުއާދު ތައުފީގް. -- ފޮޓޯ: ސަން

ފުއާދުގެ އިތުބާރު ނެތްކަމަށް ފާސްކޮށްފި، މެންބަރުކަމެއް ނުގެއްލޭ

އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ރައީސް ފުއާދު ތައުފީގުގެ އިތުބާރު ނެތްކަމަށް އެ ކޮމިޝަނުން ފާސްކޮށްފި އެވެ.

ފުއާދުގެ އިތުބާރު ނެތްކަމަށް އީސީން ފާސްކުރީ މިއަދު ބޭއްވި އެ ކޮމިޝަނުގެ ބައްދަލުވުމެއްގަ އެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މި ބައްދަލުވުމުގައި ބައިވެރިވެފައިވަނީ އެ ކޮމިޝަނުގެ ފަސް މެންބަރުންގެ ތެރެއިން ހަތަރު މެންބަރުންނެވެ. ފުއާދު ނުލާ ކުރިއަށް ގެންދިޔަ މި ބައްދަލުވުމުގެ ރިޔާސަތު ބަލަހައްޓަވާފައިވަނީ އިސްމާއިލް ހަބީބެވެ.

ގާނޫނު އަސާސީގައިވާ ގޮތުން އީސީގެ މެންބަރެއްގެ އިތުބާރު ނެތްކަމަށް ކަނޑައެޅޭނީ ރައްޔިތުންގެ މަޖިލީހަށް އެ މެންބަރެއްގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ހުށަހެޅުމަށްފަހު މަޖިލީހުގެ އަގުލަބިއްޔަތު ވޯޓު ލިބިގެންނެވެ.

އެހެންކަމުން އީސީން ފުއާދުގެ އިތުބާރު ނެތްކަމަށް ނިންމި ނަމަވެސް ފުއާދުގެ މެންބަރުކަމެއް ނުގެއްލޭނެ އެވެ. ނަމަވެސް ބައެއް މީހުން ބުނާ ގޮތުން ފުއާދަށް މިހާރު ވަނީ އީސީގެ ރައީސްގެ މަގާމު ގެއްލިފަ އެވެ. އެއީ ގާނޫނު އަސާސީގައި ވަކި މަގާމަކަށް ނުވަތަ ވަކި އިދާރާއަކަށް ނުވަތަ ވަކި މުއައްސަސާއަކަށް މީހަކު އައްޔަން ކުރުމުގެ ބާރު، ވަކި މީހަކަށް ނުވަތަ ވަކި އިދާރާއަކަށް ލިބިދޭ ކަމަށް ވާ ނަމަ އެ މީހަކު އައްޔަން ކުރުމަށް ލިބިދޭ މާނައިގައި، އެހެން ގޮތަކަށް އެ ގާނޫނުން ދޭހަނުވާހާ ހިނދަކު، އެ މީހަކު އެ މަގާމުން ވަކިކުރުމުގެ ބާރާއި ވަކި މުއްދަތަކަށް މަގާމުގެ ވާޖިބުތައް އަދާކުރުން ހިފެހެއްޓުމުގެ ބާރާއި އެ މަގާމުގެ ވާޖިބުތައް އަދާކުރުން ވަގުތީ ގޮތުން އެެހެން މީހަކާ ހަވާލު ކުރުމުގެ ބާރު ވެސް ހިމެނިގެންވާ ކަމަށް ބަޔާންކޮށްފައި އޮތުމުންނެވެ.

ފުއާދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅާފައިވަނީ މިމަހުގެ 18 ވަނަ ދުވަހު އެވެ. އެ މައްސަލައިގައި ފުއާދުގެ އިތުބާރު ނެތްކަމަށް ވޯޓުލާފައިވަނީ އަލީ ނަޝާތާއި ޑރ. މުހައްމަދު ޒާހިރު އަދި މުހައްމަދު އާސިފެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ