logo minivan

English

ހޮނިހިރު, 23 ނޮވެމްބަރ 2024

ލިވަޕޫލްގެ ކާމިޔާބު ކެޕްޓަން ހެންޑަސަން ސައުދީގެ އަލް އިއްތިފާގަށް ސޮއިކޮށްފި

ލިވަޕޫލްގެ ކެޕްޓަން ޖޯޑަން ހެންޑަސަން ސައުދީ ލީގުގެ ކްލަބެއް ކަމަށްވާ އަލް އިއްތިފާގަށް ސޮއިކޮށްފިއެވެ.

އަލް އިއްތިފާގަކީ ލިވަޕޫލް ކުރީގެ ކެޕްޓަން އަަދި ހެންޑަސަންއާ ކެޕްޓަން ބޭންޑް ހަވާލުކުރި ސްޓީވަން ޖެރާޑް ކޯޗްކޮށްދޭ ކުލަބެވެ. ކުލަބު ކެރިއަރުގައި ޖޯޑަން ހެންޑެސަނާއި ސްޓީވަން ޖެރާޑް ވަނީ 2011 އިން ފެށިގެން 2015 އާ ހަމައަށް ކުޅެފައެވެ.

ލިވަޕޫލުން ހެންޑަސަން ވިއްކާލީ 12 މިލިޔަން ޕައުންޑަށެވެ. ސަންްޑަލަންޑްގެ އެކަޑަމީން ކެރިއަރު ފެށި ހެންޑަސަން ވަނީ 2011 ވަނަ އަހަރު ސަންޑަލަންޑް ދޫކޮށް ލިވަޕޫލަށް ސޮއިކުރުމަށްް ފަހު މިވީ 12 އަހަރުގެތެރޭގައި ލިވަޕޫލަށް 492 މެޗް ކުޅެދީ 33 ގޯލް ޖަހައިފައެވެ.

ހެންޑަސަން ވަނީ ލިވަޕޫލާއެކު ކުލަބު ލެވެލްގައި ހޯދޭނެ ހުރިހާ ކާމިޔާބީއެއް ހޯދާފައެވެ. އޭނާގެ ކެޕްޓަންކަމުގައި ލިވަޕޫލުން ވަނީ ޗެމްޕިއަންސްލީގު، ޕްރިމިއާ ލީގު، އެފްއޭ ކަޕް، ލީގު ކަޕް، ކޮމިއުނިޓީ ޝީލްޑް ޔޫއެފާ ސުޕަ ކަޕް އަދި ފީފާ ކްލަބް ވޯލްޑް ކަޕް ކާމިޔާބުކޮށްފައެވެ.

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ