logo minivan

English

ހުކުރު, 22 ނޮވެމްބަރ 2024

ދަރުމަވަންތަ ސްކޫލުގެ ދަރިވަރުންނަށް ނުރަނގަޅު އަސަރު ކުރަމުންދާތީ މާލޭ ޖަލު ބަންދުކޮށްފި

ދަރުމަވަންތަ ސްކޫލްގެ ދަރިވަރުންނަށް ނުރަނގަޅު އަސަރު ކުރަމުން އަންނާތީ މާލޭ ޖަލު ބަންދުކޮށްފިއެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ 2008 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 17 ވަނަ ދުވަހު މާލޭ ބޮޑު ތަކުރުފާނު މަގުގައި ހުންނަ މަލޭ ޖަލު، ސަރުކާރުގެ ޕޮލިސީތަކާއި އެއްގޮތަށް ބަންދު ކުރުމަށް ނިންމައި، މިއަދުން ފެށިގެން ޖަލު ބަންދު ކޮށްފައިވާ ކަމަށެވެ.

ސަރުކާރުން މި ޖަލު ބަންދު ކޮށްފައިވަނީ ޖަލާއި ޖެހިގެން ހުންނަ ދަރުމަވަންތައް ސްކޫލުގެ ދަރިވަރުންނަށް ނުރަނގަޅު އަސަރު ކުރަމުން އަންނާތީ، ކަމާއި ބެހޭ ފަރާތްތަކުން މަޝްވަރާ ކުރުމަށްފަހުގައި ކަމަށް ކަރެކްޝަނުން ބުނެފައިވެއެވެ. ޖަލު ބަންދު ކުރުމާއި ގުޅިގެން އެތަނުގައި ތިބި ގައިދީން އެހެން ޖަލުތަކަށް ބަދަލު ކޮށްފައިވާ ކަމަށް ވެސް ކަރެކްޝަނުން ވަނީ ބުނެފައެވެ.

އަދި ކަރެކްޝަނުން ބުނީ ޖަލު ބަންދު ކުރުމުން އާންމުންނަށް ފޯރުކޮށްދެމުން އައި ހިދުމަތްތައް މިމަހުގެ 12 ވަނަ ދުވަހާއި ހަމައަށް އެ އިމާރާތުގެ ކައުންޓަރުން ލިބެމުންދާނެ ކަމަށެވެ.

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ