logo minivan

English

ހުކުރު, 22 ނޮވެމްބަރ 2024

ރަމަޟާންމަހުގެ ފަހު ދިހައެއްގެ ދެ ދުވަހު ބޭންކުތަކުން ހިދުމަތްދޭނެ: އެމްއެމްއޭ

އަންނަ ރަމަޟާން މަހުގެ ފަހު ދިހައެއް ސަރުކާރު ބަންދުވިނަމަވެސް، ފަހު ދިހައެއްގެ ދެ ދުވަހު ބޭންކުތައް ހުޅުވުމަށް މަރުކަޒީ ބޭންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ނިންމައިފިއެވެ.

މިކަމާއި ގުޅޭގޮތުން އެމްއެމްއޭއިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، ރަމަޟާންމަހުގެ ފަހު ދިހައެއްގެ ތެރޭގައި އަންނަ އޭޕްރިލްމަހުގެ 1 ވަނަ ދުވަހާއި 8 ވަނަ ދުވަހު މަރުކަޒީ ބޭންކާއި، ކޮމާޝަލް ބޭންކުތައް ހުޅުވާނޭ ކަމަށެވެ.

ކަލަންޑަރު ބުނާގޮތުން މިފަހަރުގެ ރަމަޟާންމަހުގެ ފުރަތަމަ ދުވަހަކީ، މާޗްމަހުގެ 11 ވަނަ ދުވަހެވެ. ބޭންކުތައް ހުޅުވުމަށް ނިންމި ދުވަސްތަކުގެ ތެރެއިން އޭޕްރިލްމަހުގެ 1 ވަނަ ދުވަސް ދިމާވަނީ، ރަމަޟާންމަހުގެ 22 ވަނަ ދުވަހާއެވެ. އަދި އޭޕްރިލްމަހުގެ 8 ވަނަ ދުވަހަކީ ރަމަޟާންމަހުގެ 29 ވަނަ ދުވަހެވެ.

ސަރުކާރުން ވަނީ ފުރަތަމަ ފަހަރަށް އަންނަ ރަމަޟާންމަހުގެ ފަހު ދިހައެއް ސަރުކާރު ބަންދު ދުވަސްތަކެއްގެ ގޮތުގައި ކަނޑައަޅާފައެވެ. ރަމަޟާންމަހުގެ ފަހު ދިހައެއް، ސަރުކާރު ބަންދު ދުވަސްތަކެއްގެ ގޮތުގައި ހަމަޖެއްސުމަކީ އަދުގެ ސަރުކާރުގެ ރިޔާސީ ވައުދެކެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ