logo minivan

English

ހުކުރު, 22 ނޮވެމްބަރ 2024

ފަޅުރަށްތަކުގެ ބޭނުން ކައުންސިލުން ރަނގަޅަށް ހިފަންޖެހޭ: އާދަމް ޝަރީފް

ފަޅުރަށްތައް އަތޮޅުތަކުގެ ކައުންސިލްތަކަށް ލިބޭގޮތަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ހެއްދެވުމުގެ ފުރިހަމަ ބޭނުން ހުރިހާ ކައުންސިލަކުންވެސް ހިފާނޭކަމަށް މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސް މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވެއްޖެއެވެ.

ސަރުކާރުން ވަނީ ކައުންސިލްގެ އިހުތިސާސްގެ ދަށުގައި ނެތް ފަޅުރަށްތައްވެސް ލިބޭގޮތަށް ގަވާއިދު އިސްލާހުކޮށް ގެޒެޓްކޮށްފައެވެ. އަލަށް އެކުލަވާލި ގަވާއިދުގައި ވާގޮތުން ކައުންސިލްގެ އިހުތިސާސްގެ ދަށުގައިނެތް ރަށްރަށުންވެސް މަސްވެރިކަމާއި ދަނޑުވެރިކަމުގެ މަސައްކަތްތަކަށް ފިޔަވައި އިގްތިސާދީ އެހެން ބޭނުންތަކަށް ދޫކުރެވިދާނެއެވެ.

މިކަމާއި ގުޅޭގޮތުން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އާދަން ޝަރީފް ވިދާޅުވީ، ކައުންސިލްތައް މާލީގޮތުން ގާބިލްވުމަށާއި، ރައްޔިތުންގެ ލާބައަށް މި ފުރުސަތުގެ ބޭނުން އެންމެ ރަނގަޅުގޮތުގައި ހިފާނޭކަމަށް އުއްމީދު ކުރާކަމަށެވެ.

ކައުންސިލް އިހުތިސާސުން ބޭރުގައި ހުންނަ ރަށްތައް ދޫކުރުމުގެ ކަންކަން ކަނޑައަޅާނީ ރައީސުލްޖުމްހޫރިއްޔާއެވެ. ގަވައިދުގައި ބުނެފައިވާގޮތުން ކައުންސިލަކުން އިހުތިސާސުން ބޭރުގައި އޮންނަ ރަށަކަށް އެދޭނަމަ ޕްރޮޕޯސަލް ހުށަހަޅަން ޖެހެއެވެ. އެގޮތުން ކައުންސިލަށް ދިހަ އަހަރަށް ރަށް ދޫކުރާއިރު، ކައުންސިލްތަކަށް ދޫކުރާ ރަށްރަށުގައި ކުރެވޭނޭ މަސައްކަތްތައް ވަނީ އެ ގަވައިދުގައި ކަނޑައަޅާފައެވެ.

މީގެ ތެރޭގައި ގަސްހެއްދުމާއި، ކުކުޅާއި ގެރިބަކަރި އަދި ދޫނި ގެންގުޅުމާއި، އެކުއާކަލްޗާ މަސައްކަތްތަކާއި، ފައިބަރާއި ވަޑާމާއި އެޅިގަލުގެ މަސައްކަތާއި ވޯކްޝޮޕްތަކުގެ އިތުރުން އޮޑިދޯނިފަހަރު ބަނުމުގެ މަސައްކަތް ހިމެނެއެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ