logo minivan

English

ހޮނިހިރު, 23 ނޮވެމްބަރ 2024

މުލީ ގައި ކުޑަކުއްޖަކަށް އަަނިޔާކޮށް މާރާމާރި ހިންގި މައްސަލައެއް ފެންމަތި ވެއްޖެ

މ. މުލީގައި 18 އަހަރުން ދަށުގެ ކުޑަކުއްޖަކަށް އަނިޔާކޮށް މާރާމާރި ހިންގި މައްސަލަ އެއް ފެންމަތި ވެއްޖެއެވެ.

މި ހާދިސާއާ ގުޅިގެން "މިނިވަން" އަށް މައުލޫމާތުދެމުން ކުއްޖާގެ އާއިލާ އިން ބުނީ، މިހާދިސާ ހިނގާފައިވަނީ ރޭގެ ވަގުތެއްގައި ކަމަށާއި މި ހާދިސާ ހިނގި ތަނުގައި އެވަގުތު ފުލުހުން ވެސް ތިބި ކަމަށެވެ. އަދި އާއިލާ އިން އެ މައްސަލަ ފުލުހަށް ހުށަހަޅާފައިވާނޭ ކަމަށް ވެސް އާއިލާ އިން ބުންޏެވެ.

ކުއްޖާގެ އާއިލާ އިން ބުނީ އެ މައްސަލަ އެ ރަށުގެ ޕޮލިސްޓޭޝަނަށް ހުށަހަޅާފައިވީއިރު ވެސް އަދި އެ މައްސަލައާ ގުޅިގެން އެއްވެސް މީހަކު ހައްޔަރު ކޮށްފައި ނުވާ ކަމަށާއި، މުލީ ޕޮލިސްޓޭޝަނުން އާއިލާ އަށް ގުޅައި މައްސަލަ އަނބުރާ ގެންދިއުމަށް އެދިފައިވާ ކަމަށެވެ. ނަމަވެސް އާއިލާ އިން އެ މައްސަލަ ދޫކޮށްލަން ބޭނުން ނުވާ ކަމަށް ތަކުރާރުކޮށް ބުނަމުން ގެންދާ ކަމަށް ވެސް ކުއްޖާގެ އާއިލާ އިން ވަނީ މައުލޫމާތުދީފައެވެ.

މި މައްސަލައާ ގުޅިގެން ރަސްމީ އެއްވެސް އިދާރާ އަކުން އަދި މިހާތަނަށް އެއްވެސް މައުލޫމާތެއް ހިއްސާކޮށްފައެެއް ނުވެއެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ކިޔުންތެރިންގެ ޚިޔާލުތައް

  1. ރަސްމީ އިދާރާ އަކުން މައުލޫމާތު ހޯދަން ކޮންމަސައްކަތެއްތޯ ކުރީ
    ރަނގަޅު މައުލޫމާތު ނުލިބެންޔާ ނުލިޔެ މަޑުކުރާނި

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ