logo minivan

English

ހުކުރު, 22 ނޮވެމްބަރ 2024

ސަރުކާރުން ހައްޖަށް ގެންދާ 50 މީހުންގެ ލިސްޓް މިމަހު އާންމުކުރަނީ

ސަރުކާރުގެ ހަރަދުގައި މި އަހަރު ހައްޖަށް ގެންދަން ނިންމާފައިވާ 50 މީހުންގެ ނަންތައް މިމަހު އާންމުކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

އެކަމާ ގުޅިގެން ޕީއެސްއެމްއަށް ދެއްވި އިންޓަވިއުއެއްގައި ވާހަކަފުޅުދައްކަވަމުން ޝަހީމް ވިދާޅުވީ ދައުލަތުގެ ހަރަދުގައި ހައްޖަށް މީހުން ގެންދިޔުމުގެ އުސޫލު މިހާރު އާއްމުކުރައްވާފައިވާ ކަމަށާއި އެކަމަށްޓަކައި އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާގައި ގާއިމުކުރެވިފައިވާ ހާއްސަ ކޮމިޓީއަކުން އެމަސައްކަތް ކުރިއަށްއޮތް 2 ހަފްތާއެއްގެ ތެރޭގައި ނިންމެވުމުގެ މަސައްކަތް ކުރައްވަމުންދާނެ ކަމަށެވެ.

"އަޅުގަނޑުމެން މިބަލަނީ މިމަސްތެރޭގައި އެ 50 މީހުން ސެލެކްޓްކުރެވޭތޯ. އެކަމަށްޓަކައި އެކުލަވާލާފައިވާ އުސޫލުގެ ދަށުން އަޅުގަނޑުމެން އެފަރާތްތަކަށް އަންގާ ލިޔުން ހަވާލުކުރުމުގެ މަސައްކަތް ކުރަމުންދާނަން." ޝަހީމް ވިދާޅުވިއެވެ.

އަމިއްލަ ހަރަދުން ހައްޖަށް ދިއުމުގެ ގާބިލްކަން ނެތް 1000 މީހުން ވެރިކަމުގެ 5 އަހަރުގެ ތެރޭގައި ހައްޖަށް ފޮނުއްވުމަކީި ރައީސް މުއިއްޒު، ރިޔާސީ އިންތިހާބުގެ ކެންޕޭނުގައި ވެވަޑައިގެންނެވި ވައުދުފުޅެކެވެ. އެގޮތުން، ފޮނުވާ ފުރަތަމަ 50 މީހުން މިއަހަރު ހައްޖަށް ފޮނުއްވާނެ ކަމަށް ވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

އޭގެ އިތުރުން، ކެމްޕޭނު ތެރެއިން ރައީސް ވަނީ ހައްޖު ކޯޕަރޭޝަން ހިންގަނީ އެންމެ ރަނގަޅަކަށް ނޫން ކަމަށާއި ހައްޖު ފަންޑުން އިންވެސްޓުކޮށް ނަފާ ހޯދައި މާލީ ގޮތުން ވަރުގަދަ ކުންފުންޏަކަށް އެ ކުންފުނި ހަދަންޖެހޭ ކަމަށް ވެސް ވިދާޅުވެފައެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ