އޭޝިއާގެ އެނެމެ ބޮޑު ފުޓްބޯޅަ މުބާރާތް ކަމުގައިވާ އޭ އެފް ސީ އޭޝިއަން ކަޕްގެ ޗެމްޕިއަންކަން ގަތަރުން 2 ވަނަ ފަހަރަށް ހޯދައިފިއެވެ.
އަމިއްލަ ގައުމުގައި ކުޅެވުނު މި މުބާރާތުގެ ފައިނަލް ގައި ގަތަރުން ވާދަކަކުރީ ޖޯޑަން އާއި ދެކޮޅަށެވެ. ރޭގެ މެޗްގައި ޖޯޑަންގެ މައްޗަށް ގަތަރުން ކުރިހޯދީ 3-1 ގެ ނަތީޖާއަކުންނެވެ.
ރޭގެ މެޗްގައި ގަތަރުން ކާމިޔާބުކުރި ތިން ގޯލް ވެސް ކާމިޔާބުކޮށްދިނީ އެޓީމަށް ލިބުނު 3 ޕެނަލްޓީއިން އިތުބާރު ފޯވަޑް އަކްރަމް އަފީފް އެވެ.
ފައިނަލް މެޗްގައި ޖޯޑަންގެ ހަމަ އެކަނި ލިަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ޒުވާން ފޯވަޑް ޔަޒާން އަލް ނައިމަތު އެވެ.
އަމިއްލަ ސަޕޯޓަރުންގެ ކުރިމަތީގައި ގަތަރުން ކުޅުނު މެޗްގައި ގިނަ ވަގިތު ބޯޅަ ހިފަހައްޓައި މޮޅަށް ކުޅެފައިވަނީ ވެސް އެޓީމުންނެވެ.
ފައިނަލް މެޗް ކުޅެވުނު ގަތަރުގެ ލުސައިލް ސްޓޭޑިއަމްގައި ކުޅެވުނު މެޗަށް ގިނަ އަދަދެއްގެ ސަޕޯޓަރުން ދަނޑަށް ވަދެ ތިބިއިރު އެ ދަނޑަކީ 88 ހާހަށްވުރެ ގިނަ މީހުނަށް ކުޅިބަލަން ވަދެވޭ ދަނޑެކެވެ.
މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ފައިނަލް މެޗްގެ މޭން އޮފްދަ މެޗް ގެ މަގާމުވެސް ހޯދި އަކްރަމް އަފީފް ހޮވިފައިވާއިރު މުބާރާތުަގެ އެންމެ މޮޅު ގޯލްކީޕަރަކަށް ހޮވިފައިވަނީ ގަތަރުގެ ކީޕަރު މިޝާލް ބަރޝަމް އެެވެ.
މީގެ 68 އަހަރު ކުރިން 1958 ގައި ފެށުނު މިމުބާރާތުގެ ޗެމްޕިއަންކަން ގަތަރުން 2 ވަނަ ފަހަރަށް ހޯދާފައިވާއިރު އެ ޓީމުން މު މުބާރާތް އެންމެ ފަހުން ކާމިޔާބުކުރީ 2019 ވަނަ އަހަރުއެވެ.
މި މުބާރާތުގެ އެންމެ ކާމިޔާބު ޓީމަކީ ޖަޕާން އެވެ. އެގައުމުން 4 ފަހަރު މިމުބާރާތް ކާމިޔާބު ކޮށްފައިވާއިރު ދެވަނައަށް އެންމެ ކާމިޔާބު ގައުމަކީ 3 ފަހަރު ޗެމްޕިއަންކަން ހޯދާފައިވާ ސައުދީ އަރަބިއްޔާއެވެ.