logo minivan

English

ހުކުރު, 22 ނޮވެމްބަރ 2024

ހުޅުމާލޭގައި ފަތިހު ދުވަން ނިކުމެ އުޅުނު އަންހެނެއް ބިންމައްޗަށް ވައްޓާލާ ކަރުގައި އޮތް ރަންފަށް ދެމީހަކު ވެގެން ފޭރިގެންފި

ހުޅުމާލޭގައި ރޭ ފަތިހު ދުވަން ނިކުމެ އުޅުނު ދިވެހި އަންހެނަކު ބިން މައްޗަށް ވައްޓާލައި އޭނާގެ ކަރުގައި އޮތް ރަން ފަށެއް ފޭރިގެންފިއެވެ.

މި ހާދިސާ ކުރިމަތިވީ ކުޅިވަރުގެ ދާއިރާގައި ރާއްޖޭގެ މަޝްހޫރު އަންހެނަކަށެވެ.

މިއަދު ހެންދުނު އޭނާ ސޯޝަލް މީޑިއާގައި ޕޯސްޓް ކޯށްފައިވާ ލިޔުމެއްގައިބުނީ ހެނދުނު ގާތްގަނޑަކަށް 06:15 ހާއިރު ހުޅުމާލެ ކްލޭ ސްޓޫޑިއޯ ހުންނަ މަގުން ދުވެފައި ދަނިކޮށް ސައިކަލެއްގައި އަދި ދެމީހަކު އޭނާ ބިންމައްޗަށް ވައްޓާލައި ކަރުގައި އޮތް ރަން ފަށް ފޭރިގަނެގެން ގޮސްފައިވާކަމަށެވެ.

އެ ހާދިސާ މިހާރު ވަނީ ހުޅުމާލެ ޕޮލިސް ސްޓޭޝަނަށް ރިޕޯޓްކޮށްފައި ކަމަށްވެސް އޭނާގެ ޕޯސްޓްގައި ވެއެވެ. އަދި އެ ފަށް ވިއްކަން އެއްވެސް މީހަކު އުޅޭނަމަ ނުވަތަ އެ ފަށް އަޅައިގެން ހުރި މީހަކު ފެނިއްޖެނަމަ އަންގާލަދިނުމަށް އޭނާ ވަނީ އެދިފައެވެ.

އެ އަންހެން މީހާ ވަނީ އެ ފަށް ފެންނަ ފޮޓޯއެއްވެސް ސޯޝަލް މީޑިއާގައި ޕޯސްޓް ކޮށްފައެވެ. އަދި މިއީ ގައުމުގެ ހާލަތު ކަމަށްވެސް ހޭޝްޓެގް އެއް މެދުވެރިކޮށް ލިޔެފައިވެއެވެ.

ފުލުހުން ބުނީ މިއަދު 6:20 ހާއިރު، އެފަދަ މައްސަލައެއް ރިޕޯޓުކޮށްފައިވާކަަމަށެވެ. އަދި އެމައްސަލަ މިހާރު ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ.

 

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ