އިއްޔެ ހެނދުނު ހުޅުމާލޭގެ މަގުމަތީގައި ދުވަން ނިކުމެ އުޅުނު އަންހެނަކު ބިންމައްޗަށް ވައްޓާލާ އޭނާގެ ކަރުގަ އޮތް ރަން ފަށް ފޭރިގަތް މައްސަލާގައި ދެ މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން މިއަދު ބުނެފައިވަނީ މި މައްސަލައިގައި ދިވެހި ދެ ފިރިހެނަކު މިއަދު ހައްޔަރު ކޮށްފައިވާ ކަމަށެވެ. އެއީ 25 އަހަރުގެ މީހަކާއި 27 އަހަރުގެ މީހެއް ކަމަށް ފުލުހުން ބުނެފައިވެއެވެ.
މި މައްސަލައިގައި ފޭރުނު ކަމަށްބުނާ ފަށް ފެނުނު ކަމެއް ނުވަތަ ނޫންކަމެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.