logo minivan

English

ހުކުރު, 18 އޮކްޓޯބަރ 2024

ކްލޭ ސްޓޫޑިއޯގެ 'ޑޭޓް ނައިޓް' އިން ލޯބިވާ ބައިވެރިޔާ އާއި އެކު ތަފާތު ކަމެއް ތަޖުރިބާކޮށްލެވޭނެ!

އެންމެ ލޯބިވާ ބައިވެރިޔާއާއި އެކު 'ޑޭޓް ނައިޓް' އަށް ދާ އިރު ތަފާތުކަމެއް ކޮށްލާ ހަނދާނީ ވަގުތުކޮޅެއް ހޭދަކޮށްލަން ބޭނުންވޭދޯއެވެ؟ އެކަމަކު މި ކުޑަކުޑަ މާލޭ ސަރަޙައްދުގައި ދާނެ މާގިނަ ތަންތަނެއެއް ވެސް ނުހުރެއެވެ. އަބަދުވެސް ކޮންމެ ވެސް ރެސްޓޯރެންޓަކަށް ނޫނީ ކެފޭއަކަށް ގޮސް ކާލަނީއެވެ. މާ ހާއްސަކަމެއް ނެތެވެ. 'ދަ ކްލޭ ސްޓޫޑިއޯ' އިން މިވަނީ މި ކަން ހައްލުކޮށްދީފައެވެ.


މީގެ ކުރިން ދުވަހަކު ވެސް ލޯބިވެރިޔާ ނުވަތަ ބައިވެރިޔާ ނުވަތަ އެންމެ ހާއްސާ މީހާ އާއި އެކު ނުކުރާ އާކަމެއް ކޮށްލާ އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލުމުގެ ފުރުސަތު މިވަނީ ހުޅުވާލާފައެވެ.
ކްލޭ ސްޓޫޑިއޯ 'ޑޭޓް ނައިޓް' އަކީ، ހުޅުމާލޭގައި ހުންނަ ހިތްގައިމު ކްލޭ ސްޓުޑިއޯއަށް ގޮސް އެތަން ތަޖުރިބާކޮށްލުމަށް ރަނުގެ ފުރުސަތެކެވެ. 'ޑޭޓް ނައިޓް' ޕޮޓާރީ ކްލާހަކީ ބައިވެރިޔަކާއި އެކު ރަނގަޅު ވަގުތުކޮޅެއް ހޭދަކުރުމަށް އެންމެ ފުރިހަމަ ގޮތެކެވެ. މި ކްލާހުގައި ބައިވެރިން، މަޖާ މާހައުލެއްގައި މަށިން ރީތި އެއްޗެއް އަމިއްލައަށް އުފެއްދުމުގެ ފުރުސަތު ލިބެއެވެ. އެގޮތުން ކްލާހުގައި ކްލޭސްޓޫޑިއޯގައި ހުންނަ ވީލް ބޭނުންކޮށްގެން އެއްޗެއް ފަރުމާކޮށްލެވިދާނެއެވެ.
'ޑޭޓް ނައިޓް' އަށް ދިއުމުން ކްލޭ ސްޓޫޑިއޯގެ ތަޖުރިބާކާރު މާހިރުން، އެވީލް ބޭނުންކޮށްގެން މުށިން އެއްޗެއްް އުފެއްދުމަށް ބޭނުންވާ ހުރިހާ ސާމާނެއް ފޯރުކޮށްދީ އަލިފުން ފަށައިގެން ކިޔައިދީ ދަސްކޮށްދޭނެއެވެ. އަދި އަމިއްލައަށް ފަރުމާކުރާ އެތި ތައްޔާރުކުށް ނިމުމުން އޮފްކުރަން އެހީވެ، ކޮންމެ ބައިވެރިޔަކު ފަރުމާކުރި އެއްޗެއް ގެއަށް ގެންދަން ތައްޔާރުކޮށްދޭނެއެވެ. މި 'ޑޭޓް ނައިޓް' ގައި ހިތުގެ ބަށްޓަމަށް އަމިއްލައަށް މުށިން ތައްޔާރުކުރާ އެތި ހިއްކާ، އޮފްކޮށް، ކުލަޖައްސާ މުޅިން ނިމެން ގާތްގަނޑަކަށް ތިން ހަފްތާ ނަގައެވެ.


މިމަހު 'ޑޭޓް ނައިޓް' ހާއްސަ ކޮށްލަން ބޭނުން ނަމަ މިހާރުވެސް ކްލޭސްޓޫޑިއޯގެ ވެބްސައިޓުން ކްލާސް ބުކްކޮށްލާ ، ކްލޭސްޓޫޑިއޯގެ  ތަފާތު ތަޖުރިބާއަށް ތައްޔާރުވާންވީ އެވެ.

ކްލޭއިން ތަކެތި ތައްޔާރުކުރުމުގެ އިތުރުން މި ޑޭޓް ނައިޓްގެ އެންމެ ހާއްސަ ކަމަކީ، ހުރިހާ ބައިވެރިންނަށް ކްލޭ ސްޓޫޑިއޯ ކޭފޭއިން ލިބޭ ވަރަށް ހިއްގައިމު ރޭގަނޑުގެ ކެއުމެކެވެ. މިކެއުމާއެކު ޑެޒަޓްއެއް ވެސް ލިބޭނެއެވެ. އަދި ފުރަތަމަ ކްލޭ ސްޓޫޑިއޫ އަށް ވަންނަ އިރު ވެސް ހާއްސަ 'ވެލްކަމް ޑްރިންކް' އެއް ދޭނެއެވެެ. އަދި އެއަށް ވުރެ ވެސް ހާއްސަ ވަނީ، 'ޑޭޓް ނައިޓް' އަށް ހާއްސަކޮށް ތައްޔާރުކުރެވިފައިވާ ކްލޭ ސްޓޫޑިއޯ ކެފޭގެ ހިތްގައިމު މާހައުލެވެ. ރީތި، ހަނދާނީ ފޮޓޯކޮޅެއް ނަގާލަން ވެސް އެންމެ ކަމުދާ ޑޭޓަކަށް މި 'ޑޭޓް ނައިޓް' ވާނެއެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *