logo minivan

English

ބުދަ, 18 ޑިސެމްބަރ 2024

ބަނގުރަލުން ޑިއުޓީ ނަގާ: ކަސްޓަމްސް

ބަނގުރަލުގެ ބާވަތްތަކުން ޑިއުޓީ ނުނަގާކަމަށް ސޯޝަލް މީޑިއާގައި ފެތުރެމުންދާ ވާހަކަތައް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ދޮގުކޮށްފިއެވެ.

މޯލްޑިވްސް ކަސްޓަމްސްއިން މިކަން ދޮގުކޮށްފައިމިވަނީ، މިއަދު ސޯޝަލް މީޑިއާގެ ވަސީލަތްތަކުގައި ރާއްޖެ އެތެރެކުރާ ޒަމްޒަމް ފެނުން ޑިއުޓީ ނަގާއިރު، ބަނގުރަލުން ޑިއުޓީ ނުނަގާކަމަށް ފަތުރަމުންގެންދާ ވާހަކަތަކާ ގުޅިގެންނެވެ.

ފޭސްބުކް އަދި އެކްސްގައި މިއަދު އެންމެ ގަދައަށް ދައުރުވެ މީހުންގެ ސަމާލުކަން ލިބުނު އެއް ޕޯސްޓަކީ ރާއްޖެ އެތެރެކުރާ ޒަމްޒަމް ފެނުން 15 އިންސައްތައިގެ ޑިއުޓީއެއް ނަގަމުން އަންނައިރު، ބިޔަރުގެ އިމްޕޯޓް ޑިއުޓީ ޒީރޯކަމަށް ބުނެ ފަތުރަމުން އަންނަ ޕޯސްޓެވެ.

މިކަމާ ގުޅޭގޮތުން މޯލްޑިވްސް ކަސްޓަމްސް ސަރވިސް އިން ބުނެފައިވަނީ، ބިއަރަކީ ރާއްޖެއަށް އެތެރެކުރާ ބިޔަރުގެ ބާވަތްތަކުން އެކްސްޕޯޓް އިމްޕޯޓް ޤާނޫނުގެ ދަށުން ލީޓަރަކަށް 15 ރުފިޔާ ޑިއުޓީގެ ގޮތުގައި ނަގަމުން އަންނަ ކަމަށެވެ. ދައުރުވަމުންދާ ސްކްރީންޝޮޓް އަކީ ކަސްޓަމްސް ވެބްސައިޓް ސަރޗް ރިޒަލްޓްގެ އެއްބައި ހިމަނައި ، ގަސްތުގައި ރައްޔިތުންނަށް އޮޅުން އަރާގޮތަށް ނަގައި، ބޭނުންކޮށްފައިވާ ފޮޓޯއެއްކަމަށް ކަސްޓަމްސްއިން ވަނީ ބުނެފައެވެ.

އިމްޕޯޓްކުރެވޭ މުދަލުގެ ޑިއުޓިރޭޓް ކަނޑަޅަނީ އެކްސްޕޯޓް އިމްޕޯޓް ޤާނޫނުގެ ދަށުން ރައްޔިތުންގެ މަޖިލީހުންނެވެ.

މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ބުނީ، އެ މުއައްސަސާގެ ވެބްސައިޓްގައި އާންމުކޮށްފައިވާ ޑިއުޓީ ރޭޓްތަކުގެ މައުލޫމާތު ރައްޔިތުންނަށް އޮޅުންއަރާގޮތަށް ސޯޝަލް މީޑިޔާފަދަ މަންސަތަކުގައި ހިއްސާ ނުކުރުމަށް އިލްތިމާސްކުރާ ކަމަށެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *