logo minivan

English

ހުކުރު, 22 ނޮވެމްބަރ 2024

އިންވެސްޓް މޯލްޑިވްސް 2024 ދުބާއީ ފޯރަމް ދިވެހިންގެ އުންމީދާ ގުޅިފައި

ދުބާއީގައި މިހާރު ކުރިއަށްދާ އިންވެސްޓް މޯލްޑިވްސް 2024 ފޯރަމްގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ބައިވެރިވެވަޑައިގެންފިއެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުން އިންވެސްޓަރުންނާއި ވިޔަފާރިވެރިން އެއްތަނަކުން ބައްދަލުވުމުގެ މަގުސަދުގައި ބާއްވާ މި ފޯރަމަކީ ދިވެހިރާއްޖޭގައި ހުރި ތަފާތު އިންވެސްޓްމަންޓް ފުރުޞަތުތައް ދައްކުވައިދޭ ފޯރަމެކެވެ.

މި ފޯރަމްގެ މައިގަނޑު އެއް މަގްސަދަކީ ރާއްޖެއަށް ފޮރިން އިންވެސްޓަރުން ޝައުގުވެރިކުރުވާ ރާއްޖޭގައި ހުރި ފުރުސަތުތަށް ކިޔައިދީ ބޮޑެތި އިންވެސްޓްމަންޓްތަށް ހޯދުމެވެ.

މި ފޯރަމަކީ އިންވެސްޓް މޯލްޑިވްސް އާއި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް ގުޅިގެން ބާއްވާ ފޯރަމެކެވެ.

މި ފޯރަމްގައި، ރައީސުލްޖުމްހޫރިއްޔާގެ ތަޤުރީރުގެ އިތުރުން، ދިވެހިރާއްޖޭގައި ހުރި އިންވެސްޓްމަންޓްގެ ޚާއްޞަ ފުރުޞަތުތައް ދައްކާލުމަށް ވީޑިއޯ ޕްރެޒެންޓޭޝަނެއް ދައްކާލުން އޮތެވެ.

ރައީސުލްޖުމްހޫރިއްޔާ އެކުވެރި ޢަރަބި އިމާރާތަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅަކީ މި މަހުގެ 12 އިން 14 އަށް ބާއްވާ ވަރލްޑް ގަވަރމަންޓްސް ސަމިޓް 2024 ގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެކެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ