logo minivan

English

ހުކުރު, 22 ނޮވެމްބަރ 2024

އެމްއައިބީން ރުފިޔާ ކާޑަށް ބޭނުންކުރެވޭ ލިމިޓް ބޮޑުކޮށްފި

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގެ ކާޑުތަކުން ބޭރުގެ މުއާމަލާތް ކުރެވޭ ލިމިޓް ބޮޑުކޮށްފިއެވެ.

އެމްއައިބީން ބުނީ ކަސްޓަމަރުންގެ ތެރެއިން މުސާރަ އެ ބޭންކަށް ޖަމާކުރާ ކަސްޓަމަރުންނަށް ރުފިޔާ އެކައުންޓަށް ދޫކުރާ ކާޑުން ރާއްޖޭން ބޭރުގެ މުއާމަލާތް ކުރެވޭ ލިމިޓު މިހާރު އިތުރުކޮށްފައިވާ ކަމަށެވެ. އެގޮތުން، މުސާރަ ޖަމާކުރާ ކަސްޓަމަރުންގެ ރުފިޔާ ކާޑަށް ބޭރުގެ މުއާމަލާތް ކުރުމަށް ކުރިން ދެމުން އައި މަހަކު 100 ޑޮލަރުގެ ލިމިޓް މިހާރު ވަނީ 250 ޑޮލަރަށް ބޮޑުކޮށްފައި ކަމަށް ބޭންކުން މައުލޫމާތު ދެއެވެ.

އެމްއައިބީއަށް މުސާރަ ޖަމާކުރާ ކަސްޓަމަރުންނަކީ އެތަނުގެ "މިބްނައިން" (MB9) ކުލަބުގެ މެމްބަރުންނެވެ.

އެ މެމްބަރުންނަށް ލިބޭ އިތުރު ފައިދާތަކުގެ ތެރޭގައި "އުޖާލާ ދިރިއުޅުން" ފައިނޭންސް ސްމީކް މެދުވެރިކޮށް ފައިނޭންސްކުރާ ނަމަ ޕްރޮފިޓް ރޭޓު 15-13 ޕަސަންޓަށް ކުޑަވުމާއި ފައިނޭންސިން ޕްރޮސެސިން ފީ 1 ޕަސަންޓުން 0.5 ޕަސަންޓަށް ކުޑަވުން ހިމެނޭނެއެވެ. އަދި މެމްބަރަކަށް ވުމަށްފަހު ނަގާ ވިސާ އެވްރީޑޭ ކާޑުގެ ރެޖިސްޓްރޭޝަން ފީ އުނިވާނެ ކަމަށް އެ ބޭންކުން ވަނީ ބުނެފައެވެ.

އެމްއައިބީން ބުނީ އެ ބޭންކަށް މުސާރަ ޖަމާކުރަން ފަށާ ފުރަތަމަ މަހުން ފެށިގެން އެފައިދާތައް ކަސްޓަމަރުންނަށް ލިބެން ފަށާނެ ކަމަށާއި ބޮޑުކުރި ޑޮލަރު ލިމިޓާ އެކު ބޭންކަށް މުސާރަ ޖަމާކުރާ ކަސްޓަމަރުންގެ މެމްބާޝިޕް ބެނެފިޓްތައް އިތުރަށް ފުރިހަމަވާނެ ކަމަށެވެ.

އެމްއައިބީ ރަސްމީކޮށް 7 މާރޗް 2011 ގައި ހުޅުވި ނަމަވެސް އެ ބޭންކުން އާއްމުންނަށް ހިއްސާ ވިއްކަން ފަށާފައިވަނީ 2019 ވަނަ އަހަރުއެވެ.

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ