ލެއިން ގެއްލިގެން ހޯދަމުން ދިޔަ 14 އަހަރުގެ އަންހެން ކުއްޖާ އަމިއްލަށް ގެއަށް ގޮސްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
ގެއްލިގެން ހޯދަމުން ދިޔައީ މާލެ، މ. އެނބޫމާގެއާގެ ހަދީޖާ ޔަލްވީ (14އ)އެވެ. އޭނާ ފެނުނު އިރު ހާލު ރަނގަޅު ކަމަށް ފުލުހުން ބުނެއެވެ.
ފުލުހުން ރޭ އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ އެ ކުއްޖާ ގެއަށް ގޮސްފައިވަނީ ރޭ 10:01 އެހާކަންހާއިރު ކަމަށެވެ.