logo minivan

English

ހުކުރު, 22 ނޮވެމްބަރ 2024

ހުޅުމާލޭ ފޭސް ދޭއްގެ ބިމެއް އެޕޯލޯއިން 29 މިލިއަން ރުފިޔާއަށް ގަނެފި

ހުޅުމާލެ ފޭސް ދޭގެ ބިމެއް އެޕޯލޯ ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑުން 29.7 މިލިއަން ރުފިޔާއަށް ގަނެފައެވެ.

އެޕޯލޯއިން މި ބިން ގަނެފައިވަނީ އަމިއްލަ ފަރާތްތަކަށް ވިއްކުމަށް ހާއްސަ ކޮށްފައިވާ ސަރަހައްދުން 6،124.66 އަކަފޫޓުގެ ބިމެކެވެ. އެއީ މިހާރު ހޯކްސް ޝެޑް ކައިރިންނެވެ.

އެޕޯލޯއިން 6،124.66 އަކަފޫޓުގެ މި ބިން ގަނެފައިވަނީ އަކަ ފޫޓަކަށް 4860 ރުފިޔާގެ މަގުން ޖުމްލަ 29,765,847.60 ރުފިޔާއަށެވެ.

ސިވިލްކޯޓުން ވަނީ އެޗްޑީސީއާ އެޕޯލޯ ހޯލްޑިންގްސް އާ ދެމެދު ކުރި ވިޔަފާރީގެ މި މުއާމަލާތް ސައްހަކަމަށް ކަނޑައަޅާފައެވެ. އެޗްޑީސީން ލިބެންހުރި މައުލޫމާތުތަކަށް ބަލާއިރު، މި ބިން އެޕޯލޯއިން ގަނެފައިވަނީ އެކުންފުނީގެ އޮފީސް އިމާރާތް އެޅުމަށެވެ.

އެޗްޑީސީން ވަނީ 2021 ވަނަ އަހަރު އެކުންފުންޏަށް މާލީގޮތުން ކުރިމަތިވި ދަތިތައް ހައްލުކުރުމަށް 60 ބިމެއް ބީލަމުގެ އުސޫލުން ވިއްކުމަށް އިއުލާނުކޮށްފައެވެ. އެފަހަރު ބިން ވިއްކުމަށް ހުޅުވާލީ އަކަފޫޓަކަށް އެންމެ ކުޑަކޮށް 3،500 ރުފިޔާ އަށެވެ.

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ