logo minivan

English

ހުކުރު, 27 ޑިސެމްބަރ 2024

މަޑަވެލީ ކައުންސިލުގެ ހުރި ކަންބޮޑުވުންތައް ރައީސް އާ ހިއްސާކޮށްފި

ރައީސް ޑރ. މުހައްމަދު މުއިއްޒު ހުވަދުއަތޮޅު ދެކުނުބުރީ މަޑަވެލީ ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއާ ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުން އޮތީ މިއަދު މަޑަވެލީ ކައުންސިލުގެ އިދާރާގައެވެ.

މިބައްދަލުކުރެއްވުމުގައި ކައުންސިލުން ވަނީ މަޑަވެލީގެ ބިންހިއްކުމާއި އެރަށަށް ހައުސިންގ ޔުނިޓްތައް ބޭނުންވާކަމަށާއި، ބަނދަރުގެ ޖާގަ ބޮޑުކުރަން ބޭނުންވާކަމަށާއި، ސިއްހީ މަރުކަޒުގެ ފަންތި މަތިކޮށް ފެންވަރު މަތިކުރުމަށް ބޭނުންވާކަން ފާހަގަކުރައްވާފައެވެ. މީގެ އިތުރުން ސްކޫލުގެ ޖާގަ އިތުރުކޮށް މަލްޓިޕަރޕަސް ހޯލެއް ބޭނުންވާކަމަށާއި، އޭ.ޓީ.އެމް. ގެ ހިދުމަތް ބޭނުންވާ ކަމަށާއި، ފެނާއި ނަރުދަމާގެ ނިޒާމާ ގުޅިގެން ހުރި ކަންބޮޑުވުންތަކާއި ޒުވާނުންގެ ތަރައްގީއަށް ބޭނުންވާ ކަންކަން އަދި ރަށުގެ އިގުތިސާދީ އަދި އިޖުތިމާއީ ތަރައްގީއަށް މުހިންމު ކަންތައްތައް ކައުންސިލުން ފާހަގަކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް ދެއްކެވި ވާހަކަފުޅުގައި މަޑަވެލީގައި އެކަށީގެންވާވަރުގެ ބަނދަރެއް ތަރައްގީ ކޮށްދެއްވާނެކަމަށާއި އޭ.ޓީ.އެމް. ބެހެއްޓުމާއި ސްކޫލުގެ މަލްޓިޕަރޕަސް ހޯލާއި، އެ ނޫންވެސް ކައުންސިލުން ފާހަގަކުރެއްވި ހުރިހާ ކަމެއްގައި ވަރަށްބޮޑު ސަމާލުކަމެއް ދެއްވައިގެން މަސައްކަތް ކޮށްދެއްވާނެކަމުގައި ވިދާޅުވިއެވެ.
އަދި މި ބައްދަލުކުރެއްވުމުގައި ކައުންސިލުން ކަންބޮޑުވުން ފާޅުކުރެއްވި ކަންކަމާއި އެރަށުގެ ތަރައްގީއަށް ކުރިއަށްގެންދާ މަޝްރޫއުތަކުގެ އެންމެފަހުގެ މައުލޫމާތުތައް ރައީސްގެ އަރިހުގައި ވަޑައިގެންނެވި ވަޒީރުން ވަނީ ކައުންސިލުގެ މެންބަރުންނާ ހިއްސާކުރައްވާފައެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *