މާލޭ މަގުމަތީގައި، ޕިކަޕެއްގެ ތެރޭގައި އިޖުތިމާއީ މިންގަނޑުތަކާ ހިލާފުވި މައްސަލައިގައި ފުލުހުން ހޯދި މީހާ ހައްޔަރުކޮށްފިއެވެ.
ފުލުހުން ފަހުން ބުނީ މި މައްސަލައިގައި ތުހުމަތުކުރެވޭ މީހާ މިހާރުވަނީ ހައްޔަރުކޮށްފައި ކަމަށެވެ. އެއީ 28 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން ބުންޏެވެ.
ޕިކަޕެއްތެރޭގައި މީހަކު ހުތުރު ވައްތަރު ޖައްސާ ނަށާ މަންޒަރު ފެންނަ ވީޑިއޯއެއް ވަނީ ސޯޝަލް މީޑިއާގައި އާންމުވެފައެވެ. އެވަގުތު ޕިކަޕުގެ ފަހަތުން އައި ސައިކަލެއްގައި އަންހެނަކު ވެސް އިނެވެ. އަދި އުމުރުން ދުވަސްވީ މީހުންނާއި ކުޑަކުދިން ވެސް މަގުމަތިން ފެނެއެވެ.