logo minivan

English

ހޮނިހިރު, 23 ނޮވެމްބަރ 2024

ރައީސްގެ މެނިފެސްޓޯ ތަންފީޒުކުރަން މަޖިލީހުގެ މެޖޯރިޓީ ލިބުން މުހިންމު: ނައިބު ރައީސް

ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ މެނިފެސްޓޯގެ ސިޔާސަތުތައް ތަންފީޒު ކުރުމަށް ކުރިއަށް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ސަރުކާރަށް ވަރަށް މުހިންމު ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛް ހުސައިން މުހައްމަދު ލަތީފް ވިދާޅުވެއްޖެއެވެ.

ރޭ މާލޭގައި ޕީއެންސީން ބޭއްވި ކެމްޕޭން ހަރަކާތެއްގައި ވާހަކަދައްކަވަމުން ނައިބް ރައީސް ހުސައިން މުހައްމަދު ލަތީފް ވަނީ ރައީސް ޑރ.މިއިއްޒުގެ މެނިފެސްޓޯއަކީ ރައްޔިތުންގެ އަޑު އައްސަވައި ތައްޔާރުކޮށްފައިވާ މެނިފެސްޓޯއެއްކަމަށް ވިދާޅުވެފައެވެ. އަދި އެ މެނިފެސްޓޯގައި ރައްޔިތުންނާއި ގުޅުންހުރި މުހިންމު މަޝްރޫޢުތައް ހިމެނޭ ކަމަށާއި އެސިޔާސަތުތައް ތަންފީޒްކޮށް ރައްޔިތުން ބޭނުންވާ ބަދަލު ގެނައުމަށް މަޖިލިސް އިންތިހާބުގެ އަގުލަބިއްޔަތު ސަރުކާރަށް މުހިންމުކަމަށް ނައިބް ރައީސް ވިދާޅުވިއެވެ.

"ހަމަ އެ ރައްޔިތުންގެ އެމަނިކުފާނު އަޑުއެއްސެވުމަށް ފަހުގައި އެ މެނިފެސްޓޯގައި އެކަންކަން ތަރުތީބު ކުރެވިފައި ވަނީ. އެހެންކަމުން އެމަނިކުފާނުގެ މެނިފެސްޓޯ ތަންފީޒު ކުރުމަށް ކުރިއަށް މިއޮތް މަޖިލީސް އިންތިހާބަކީ ސަރުކާރަށް ވަރަށްވެސް މުހިންމު އިންތިހާބަކަށް ވެގެން މިދަނީ." ނައިބް ރައީސް ވިދާޅުވިއެވެ.

ރައީސް ޑރ. މުޢިއްޒުއަކީ ހިދުމަތްތަކާއިގެން ހެޔޮ ނިޔަތުގައި ވަޑައިގަތް ވެރިއެއް ކަމަށް ވިދާޅުވެ ނައިބްރައީސް ވިދާޅުވީ، ރައްޔިތުން ބޭނުންވާ ކަންކަން ރައީސް ހާސިލްކޮށްދެއްވާނެކަމަށެވެ.

އަންނަ މަހު 21 ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިބާހުގައި ވެރިކަން ކުރާ ޕީއެންސީގެ ފަރާތުން 89 ކެނޑިޑޭޓުން ވާދަކުރެއެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ