logo minivan

English

ހޮނިހިރު, 23 ނޮވެމްބަރ 2024

ރެސިޕީ: ބްރައުން ބަޓަރ ބަނާނާ ބްރެޑް

ބްރައުން ބަޓާ ބަނާނާ ބްރެޑް އަކީ ސިއްހަތަށް ފައިދާހުރި އިންގްރިއޭޑިއެންޓްތަކެއް ހިމެނޭ، ތައްޔާރުކޮށްލަން ފަސޭހަ އަދި ޑައިޓުގައި އުޅުއްވާ ބޭފުޅުންނަށް ކާލަން ރަނގަޅު ޑިޒާޓެކެވެ.

ބޭނުންވާތަކެތި:

  • 1/2 ޖޯޑު އަންސޯލްޓެޑް ބަޓާ
  • 1 ޖޯޑު ބްރައުން ޝުގާ
  • 3 ދޮންކެޔޮ
  • 1 ބިސް
  • 1 ސައި ސަމްސާ ވެނީލާ އެސެންސް
  • 2 ޖޯޑު ފުއް
  • 1/2 ސައި ސަމްސާ ބޭކިންގ ސޯޑާ
  • 1 ޖޯޑު ޗޮކްލެޓް ޗިޕްސް

ތައްޔާރުކޮރާނެގޮތް:

ބްރައުން ބަޓާ ބަނާނާ ބްރެޑް ތައްޔާރުކުރުމަށް ފުރަތަމަ މަޑު ގިނީގައި ބަޓާކޮޅު ބޮކި އަރައި، ބްރައުން ވަންދެން ދިޔާކޮށްލާށެވެ. ބަޓާކޮޅު ދިޔާވުމުން އެހެން ތައްޓަކަށް އަޅައި ހޫނުކަން ފިލުވަން 10 ވަރަކަށް މިނެޓް ބަހައްޓާށެވެ. ދެން އޭގެ ތެރެއަށް ބްރައުން ޝުގާ އެޅުމަށްފަހު ރަނގަޅަށް އެއްކޮށްލާށެވެ. އެއަށްފަހު ޗަސްކޮށްފައިހުރި ދޮންކެޔޮ ކޮޅު އަޅައި އަނެއްކާވެސް އެއްކޮށްލާނީއެވެ. ދެން އޭގެ ތެރެއަށް ބިހާއި ވެނީލާ އެސެންސް އަޅައި އެއްކޮށްލާށެވެ. އެންމެ ފަހުން އަޅާނީ ފުށާއި ބޭކިންގ ސޯޑާއެވެ. އެއަށްފަހު ރަނގަޅަށް އެއްކޮށްލުމަށްފަހު ޗޮކްލެޓް ޗިޕްސް އަޅައި އެއްކޮށްލުމުން ބަނަނާ ބްރެޑްގެ ބަޓާ ތައްޔާރުވީއެވެ. ދެން ބޭކިންގ ޕޭންއަކަށް އެޅުމަށްފަހު ކުރިން ހޫނު ކޮށްފައި ހުރި އަވަނަށް 350 ޑިގްރީ ސެލްސިއަސް އަށް 1 ގަޑިއިރަށްލާ ފިހެލުމުން ބްރައުން ބަޓާ ބަނާނާ ބްރެޑް ތައްޔާރުވީއެވެ.

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ