logo minivan

English

ހޮނިހިރު, 23 ނޮވެމްބަރ 2024

ރެސިޕީ: ބްލޫބެރީ މޮހީޓޯ

ކޮންމެ ބާވަތެއްގެ ކެއުމެއް ނުވަތަ ބުއިމަކަށް އެއްނަމެއްކީ ނަމަވެސް އެކި ފަރާތްތަކުން ތައްޔާރުކުރާގޮތް ވެސް ތަފާތުވެދާނެއެވެ. އެގޮތުން ބުލޫބެރީ މޮހިޓޯ އަކީވެސް އެކި މީހުން ތަފާތު ގޮތަކަށް ތައްޔާރުކުރާ ބުއިމެކެވެ.

ބޭނުންވާތަކެތި:

  • 3 މޭޒުމަތީ ސަމްސާ ބްލޫބެރީ ސިރަޕް
  • 1/2 ޖޯޑު ބްލޫބްރީސް
  • 1/2 ޖޯޑް ސްޕްރައިޓް
  • 3 މިންޓް ފަތް
  • 2 މޭޒުމަތީ ސަމްސާ ލުނބޯ ޖޫސް (ހުތް)
  • ގާނިޝް ކުރުމަށް: މިންޓް ފަތްކޮޅެއް، އައިސްކިއުބް އަދި ލުނބޯ ފޮތި ތުނިކޮށް ކޮށާފައި

ތައްޔާރުކުރާނެގޮތް:

ބްލޫބެރީ މޮހީޓޯ ތައްޔާރުކުރުމަށް ފުރަތަމަ މިންޓްފަތާއި ބްލޫބެރީކޮޅަކާއި ލުނބޯ ޖޫހާއި އަދި ސިރަޕް، ޖަގަކަށް އެޅުމަށްފަހު ބްލޫބެރީތައް ރަނގަޅަށް ފުނޑުވަންދެން ސަމުސަލަކުން އެކޮށްލާށެވެ. ދެން އޭގެ ތެރެއަށްއައިސް ކިއުބް އަޅާފައި އިތުރަށް ހަލުވާލާށެވެ. ތަށްޓެއް ނަގާފައި ތަށްޓަށް ތައްޔާރު ކުރި ބްލޫބެރީ މޮހީޓޯ އަޅާފައި އޭގެ ތެރެއަށް އައިސްކިއުބް، ލުނބޯ ފޮތިތައް، މިންޓް ފަތް އަޅާފައި މައްޗަށް ސްޕްރައިޓް އަޅާލީމައި އެ ހުރީ ބްލޫބެރީ މޮހިޓޯ ތައްޔާރުކޮށްލެވިފައެވެ.

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ