މާލެއިން މީހަކު ގެއްލިގެން ހޯދަމުންދާކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއިން ބުނެފިއެވެ.
ގެއްލިގެން ފުލުހުން ހޯދަމުންދާ މީހަކީ މާލެއަށް ނިސްބަތްވާ ޒުވާނެއްކަމަށްވާ، މއ. ޕެރީހީލިއަން، އުމުރުން 25 އަހަރުގެ އަކްރަމް ޢަދީލް ސަޢީދެވެ.
ފުލުހުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، އާއިލާއަށް ޚަބަރެއްނުވެ ގެއްލިފައިވާ ކަމަށް މާރިޗް 25 ވަނަ ދުވަހު 19:22 އެހައިކަންހާއިރު ރިޕޯޓުކޮށްފައިވާތީ އޭނާ ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުންދާ ކަމަށެވެ.
އާއިލާއިން މައުލޫމާތު ދޭގޮތުގައި އެންމެފަހުން އަކްރަމްގެ ހަބަރެއް ވެފައިވަނީ މިދިޔަ ހޮނިހިރު ދުވަހުގެ 13:15 ހާއިރު، އޭނަ މިހާރު ދިރިއުޅޭ، ހުޅުމާލެ ފޭސް 2، އެޗް 15 އިން ކަމަށެވެ.
މާލެ، މއ. ޕެރީހީލިއަން، އަކްރަމް ޢަދީލް ސަޢީދު (25އ) އާއިލާއަށް ޚަބަރެއްނުވެ ގެއްލިފައިވާ ކަމަށް މާރިޗް 25 ވަނަ ދުވަހު 19:22 އެހައިކަންހާއިރު ރިޕޯޓުކޮށްފައިވާތީ އޭނާ ހޯދުމުގެ މަސައްކަތް ފުލުހުންދަނީ ކުރަމުން. pic.twitter.com/1RtdUJCMa2
— Maldives Police (@PoliceMv) March 26, 2024
ފުލުހުން ވަނީ އަކްރަމް ޢަދީލް ސަޢީދު ގެ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ހޮޓްލައިން 3322111 އަށް ނުވަތަ ހުޅުމާލެ ފޭސް 2 ޕޮލިސް ސްޓޭޝަން ނަންބަރު 3035336 އަށް ގުޅުއްވައި ހިއްސާކުރެއްވުން އެދިފައެވެ.
މާލެ ސަރަހައްދުން މީހުން ގެއްލިގެން ފުލުހުންނަށް ރިޕޯޓްކުރުމަކީ މިހާރަކަށް އައިސް ވަރަށް ގިނައިން ހިނގާ ކަމެކެވެ.