ޓްރަމްޕުގެ ފޭސްބުކް އެކައުންޓް ސަސްޕެންޑް ކޮށްގެން ކުރި ދަޢުވާ 25 މިލިއަން ޑޮލަރަށް ކޯޓުން ބޭރުގައި ހައްލުކޮށްފި އެވެ.
މެޓާ އިން ޓްރަމްޕުގެ ފޭސްބުކް އެކައުންޓް ސަސްޕެންޑް ކޮށްފައިވަނީ އެމެރިކާގެ 2021 ގައި ރިޔާސީ އިންތިހާބުގައި ޑޮނަލްޑް ޓްރަމްޕަށް ނާކާމިޔާބާ ކުރިމަތިލާންޖެހުމުން އެ ގައުމުގެ މަޖިލިސްކުރާ ގޭގައި 6 ޖަނަވަރީ 2021 ގައި ހިނގާދިޔާ ހާދިސާއާ ގުޅިގެންނެވެ. އެއަށްފަހު ޓްރަމްޕް ވަނީ އެމައްސަލާގައި މެޓާއާ ދެކޮޅަށް އެމެރިކާގެ ކޯޓުގައި ދައުވާ އުފުލާފައެވެ.
ޑޮނަލްޑް ޓްރަމްޕުގެ ފޭސްބުކް އެކައުންޓް ސަސްޕެންޑް ކުރުމާ ގުޅިގެން ފޭސްބުކް ހިންގާ މެޓާއާ ދެކޮޅަށް އޭނާ ކުރި ދަޢުވާ ކޯޓުން ބޭރުގައި ހައްލުކުރުމަށް ދެ ފަރާތުން ސެޓްލްމަންޓް އެއްބަސްވެ މިއަދު ވައިޓް ހައުސްގައިވަނީ ސެޓްލްމަންޓް އެއްބަސްވުމުގައި ދެ ފަރާތުން ސޮއިކޮސްފައެވެ.
އެމެރިކާގެ މީޑިއާ ރިޕޯޓްތައް ބުނެފައިވާ ގޮތުން ޓްރަމްޕް މެޓާއާ ދެކޮޅަށް ކުރި ދަޢުވާ ކޯޓުން ބޭރުގައި ހައްލުކުރުމަށް ދެފަރާތުން ހެދި ސެޓްލްމަންޓް އެއްބަސްވުމުގެ ދަށުން މެޓާ އިންވަނީ ޓްރަމްޕް އަށް ގާތްގަނޑަކަށް 25 މިލިއަން ޑޮލަރު ދިނުމަށް އެއްބަސްވެފައެވެ. އަދި މި ފައިސާގެ ތެރެއިން 22 މިލިއަނެއްހާ ޑޮލަރު ހޭދަކުރުމަށް ހަމަޖިފައިވަނީ ޓްރަމްޕް ހެދުމަށް ހަމަޖައްސާފައިވާ ލައިބްރަރީއަކަށެވެ. އަދި ބާކީ ފައިސާ ވަކީލުންގެ ފީއަށެވެ.