7 ފެބްރުއަރީ 2025

ވެސްޓްހޭމް އަތުން މޮޅުވެ ޗެލްސީ އަނެއްކާވެސް ކުރިއަށް ޖެހިލައިފި

މުޙައްމަދު ވިޝާން
2 ދުވަސް ކުރިން

ޕްރިމިއާ ލީގުގައި ރޭ ވެސްޓްހެމް ޔުނައިޓެޑާ ވާދަކުރިމެޗުން މޮޅުވެ އަނެއްކާވެސް ޕޮއިންޓް ތާވަލްގެ 4 ވަނައަށް ޗެލްސީ ޖެހިލައިފިއެވެ.

ޗެލްސީގެ ދަނޑުގައި ރޭ ކުޅުނު މި މެޗު ޗެލްސީން ކާމިޔާބުކޮށްފައިވަނީ 2-1 ގެ ނަތީޖާއަކުންނެވެ. ރޭ މެޗުގައި ފުރަތަ ގޯލް ޖަހައި މެޗްގެ ލީޑް ނަގާފައިވަނީ ވެޓްހެމް އިންނެވެ. އެގޮތުން އެ ޓީމުން މެޗްގެ ފުރަތަމަ ގޯލް ކާމިޔާބުކޮށްފައިވަނީ 42 ވަނަ މިނެޓްގައި ޖެރަޑް ބޮވެން ގޯލަށް ފޮނުވާލި ހަމަލާއަކުންނެވެ. ޗެލްސީން ނަތީޖާ އެއްވަރުކުރީ މެޗުގެ 64 ވަނަ މިނެޓްގަ ދެވަނަ ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ޕެޑްރޯ ނެޓޯ އެވެ. އަދި ޗެލްސީއަށް ލީޑް ނަގައިދިން ގޯލް އަކީ މެޗުގެ 74 ވަނަ މިނެޓްގައި ވެސްޓްހެމް ގެ އާރޮން ވެންބިސާކާ އަތުން ބައިކޮޅަށް ވަތް ގޯލެކެވެ.

މި މޮޅާއެކު ޗެލްސީ އަށްވަނީ 24 މެޗުން 43 ޕޮއިންޓް ލިބިގެން ލީގުގެ 4 ވަނަ އަލުން ލިބިފައެވެ. 24 މެޗުން 47 ޕޮއިންޓް ހޯދައިގެން ލީގުގެ 3 ވަނާ ގައި އޮތީ ނޮޓިންހަމް ފޮރެސްޓް އެވެ. އަދި 24 މެޗުން 50 ޕޮއިންޓު ހޯދައިގެން 3 ވަނާގައި އޮތީ އާސެނަލް އެވެ. ލީގުގެ 1 ވަނާގައި 1 މެޗް މަދުންކުޅެގެން 23 މެޗުން 56 ޕޮއިންޓާ އެކު އަދިވެސް އޮތީ ލިވަޕޫލް އެވެ.

3cx Box
An error has occurred. This application may no longer respond until reloaded. Reload 🗙