ހުޅުމާލެއިން މާލެއަށް އަންނަ ހައިވޭގެ ސޯލާ ޕެނަލް ތައް ކައިރީ ހުރި ކޯނެއްގައި ޖެހި ހިނގިއެކްސިޑެންޓް ގައި މަރުވި މީހާގެ ބޯމަތިން ސައިކަލެއް ދާ ވީޑިއޯއެއް އާއްމުވެއްޖެ އެވެ.
މިދިޔަ ހޮނިހިރު ދުވަހުގެ ހެނދުނު ހިނގި އެކްސިޑެންޓް ގައި 8:19 ހާއިރު ހިނގި އެކްސިޑެންޓް ގައި މަރުވެފައިވަނީ ބިދޭސީއެއް ކަމަށް ފުލުހުން ބުނެފައިވެއެވެ. އަދި އެމީހާ އެކްސިޑެންޓް ވީ ހައިވޭގެ ހުޅުމާލެއިން މާލެއަށް ދުއްވާ ފަޅީގެ ސޯލާ ޕެނަލް ތަކުގެ މަސައްކަތް ކުރަން ހައިވޭ އަރިމަތީ ބަހައްޓާފައި ހުރި ކޯނެއްގައި ޖެހިގެން ހިނގި އެކްސިޑެންޓާ ގުޅިގެން އައިޖީއެމް ހޮސްޕިޓަލަށް ގެންގޮސް ފަރުވާދެމުންދަނިކޮށް ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.
ނަމަވެސް ރެއިން ފެށިގެން ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވޯޑިއޯއިން ފެންނަ ގޮތުގައި މަރުވިމީހާ ދުއްވި ސައިކަލް ކޯނުގައި ޖެހި ވެއްޓުނު ފަހުން އެމީހާ ތެދުވަން މަސައްކަތް ކުރަނިކޮށް ފަހަތުން އައި ސައިކަލް ދަނީ އެމީހާގެ ބޯމަތިންނެވެ. އަދި އެ ސައިކަލް މަޑުކޮށްފައި ނުވާކަންވެސް އެ ވީޑިއޯއިން ފާހަގަކުރެވެއެވެ.
🚨#Breaking: 1 February gai bridge highway mathee hin'gi accident gai aniyaavi meeha maruvee vehtifa ovva eyna boamathin cycle eh gosgen kan leak vee Police CCTV footage akun haama vejje!
— #MvCrisis (@MvCrisis) February 3, 2025
Ithuru mauloomaathu: https://t.co/bXASXH03Vt pic.twitter.com/R1k7JDx4by
އެ ވީޑިއޯ އާއްމުވުމާ ގުޅިގެން މިހާރު ނޫހުން ފުލުހުންނާ ސުވާލުކުރުމުން ފުލުހުން ބުނެފައިވަނީ އެމީހާގެ ބޯމައްޗަށް އަރާފައިވަނީ އުމުރުން 60 އަހަރުގެ އަންހެނެއް ކަމަށާއި، އެކަމާ ގުޅިގެން އޭނާއާ ސުވާލުކޮށްފައިވާ ކަމަށާއި އެމީހާގެ ލައިސަންސް ހިފަހައްޓައި ސައިކަލު ޓޯކޮށްފައިވާ ކަމަށެވެ.
ފުލުހުން ބުނި ގޮތުގައި އެ މައްސަލަ ދަނީ އިތުރަށް ތަހުގީގުކުރަމުންނެވެ.