7 ފެބްރުއަރީ 2025

ތ. މަޑިފުށި "ފްރެންޑްސް ޕްރިންޓް ރަމަޟާން ޤްރުއާން މުބާރާތް" މިފަހަރުވެސް މުޅި ރާއްޖެއަށް!

ނުހާ
2 ދުވަސް ކުރިން

ތ. މަޑިފުށި ފްރެންޑްސް ޕްރިންޓް ރަމަޟާން ޤުރްއާން މުބާރާތް 1446 މިއަހަރުވެސް މުޅި ރާއްޖެއަށް ހުޅުވާލައިފިއެވެ. 

މުބާރާތުގެ މަޤްޞަދަކީ ދިވެހިންގެ ހިތްތަކުގައި ކީރިތި ޤުރްއާން ކިޔެވުމަށް ލޯބިޖައްސައި، ކީރިތި ޤުރްއާން ހިތުދަސްކުރުމަށާއި ތަޖުވީދުމަގަށް ކީރިތި ޤުރްއާން ކިޔެވުމަށް ހިތްވަރު ދިނުމަށާއި ދީނީ ކަންކަމަށް ލޯބިޖެއްސުމުގެ ގޮތުން ކުރިއަށް ގެންދާ މުބާރާތެކެވެ. މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު މިމަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލެވިފައެވެ. މުބާރާތުގައި ބައިވެރިވުމަށް ފުރަންޖެހޭ ފޯމް "ފްރެންޑްސް ޕްރިންޓް" ފޭސްބުކް ޕޭޖަށް އަދި ވައިބަރ ގްރޫޕަށްވަނީ ޕަބްލިޝް ކުރެވިފައެވެ.

3cx Box

ފްރެންޑްސް ޕްރިންޓުން ބުނީ މިފަހަރުގެ މުބާރާތް ކުރިއަށް ގެންދާގޮތަށް ހަމަޖެހިފައިވަނީ ފަސް އުމުރު ފުރާގެ އިތުރުން، ތަރުންނަމް އަލް ޤުރްއާނުގެބަޔާއި ކުލަބު ޖަމުޢިއްޔާތަކާއި މުއްސަސާތަކުގެ އިތުރުން އިމާމުންގެ ބައެވެ. އަދި ބަލައިގެން ކިއުމާއި ހިތުން ކިއުމުގެބައި ވެސް އޮންނާނެއެވެ. އަދި އެކި ޤިރާޢަތްތަކަށް ޤުރްއާން ކިޔެވުމުގެ ބައެއް ވެސް މުބާރާތުގައި އޮންނާނެއެވެ. މިއަހަރުގެ މުބާރާތުގައި ވެސް އޮންލައިންކޮށް ކިޔެވުމުގެ ފުރުޞަތުވަނީ ހުޅުވާލެވިފައެވެ. މިގޮތުން އޮންލައިކޮށް ހަމައެކަނި ބައިވެރިވެވޭނީ ތަރުންނަމް އަލް ޤުރްއާނުގެ ބައިގައިކަމަށް މުބާރާތް އިންތިޒާމްކުރާ ފަރާތުން ބުނެފައިވެއެވެ. އަދި ޤުރްއާން މުބާރާތް ކުރިއަށްދާ މުއްދަތު ތެރޭ ބަންޤި ގޮވުމުގެ މުބާރާތެއް ވެސް ކުރިއަށް ގެންދާގޮތަށް ވަނީ ހަމަޖެހިފައެވެ.

TechWaves Box

ފްރެންޑްސް ޕްރިންޓުން ބުނި ގޮތުގައި ކޮންމެ އުމުރުފުރާއަކުން ވެސް 1ވަނަ 2ވަނަ އަދި 3 ވަނަ ހޮވުމުގެ އިތުރުން ދެގޮފިވަކިން 1ވަނަ 2ވަނަ 3ވަނަ އަދި މުޅި މުބާރާތުގެ 1ވަނަ 2ވަނަ އަދި 3ވަނަ ހޮވާގޮތަށްވަނީ ހަމަޖެހިފައެވެ. އަދި މީގެއިތުރުން ތަރުންނަމް އަލް ޤުރްއާނުގެ ބައިން އެންމެ މޮޅު އަންހެން އަދި ފިރިހެން ފަސްބައިވެރިން ހޮވުމުގެ އިތުރުން ކުލަބު ޖަމުޢިއްޔާތަކާއި މުއައްސަސަތާކުގެ އިތުރުން އިމާމުންގެ ބައިން 1ވަނަ 2ވަނަ އަދި 3ވަނަ ހޮވުމަށްވަނީ ހަމަޖެހިފައެވެ.

ޤުރްއާން މުބާރާތް ކުރިއަށް ދާއިރު ކޮންމެ ދަންފަޅި އެއްގައިވެސް ޤުރްއާނުގެ ޢިލްމާއި ބެހޭގޮތުން 30 މިނިޓްގެ ފޯރަމެއް ކުރިއަށް ގެންދާގޮތަށްވަނީ ހަމަޖެހިފައެވެ. މި ފޯރަމްގައި މުބާރާތުގެ ބައިވެރިންގެ އިތުރުން އެހެން ހުރިހާ ފަރާތްތަކަކަށް ބައިވެރި ވެވޭނެކަމަށް އިންތިޒާމްކުރާ ފަރާތުން ބުނެފައިވެއެވެ.

ފޯރަމްގައި މައުލޫމާތު ދޭނެ ބައިތަކަކީ:

  1. ޤުރްއާން އުނގެނުމާއި އުނގަންނައި ދިނުމަށް މުދައްރިސުންނާއި މައިންބަފައިން ސަމާލުކަން ދޭންޖެހޭ ކަންތައްތައް،
  2. ޤާރީން ޤުރްއާން ކިޔެވުމުގައި ބޭނުންކޮށްފައި ހުންނަ ޙިކުމަތްތައް،
  3. ތަޖުވީދު އުނގަންނައި ދިނުމާއި އުނގެނޭނެގޮތް،
  4. ޢިލްމުލްމަޤާމާތުގެ މަޢުލޫމާތު.

މި ފޯރަމް ކުރިއަށް ދާއިރު ބައިވެރިން ސުވާލުކުރުމަށް ފުރުސަތު ލިބިގެންދާނެ ކަމަށްވެސް ވަނީ ބުނެފައެވެ.

މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ 22 ރަމަޟާން 1446 ގައެވެ. މުބާރާތް ކުރިއަށްދާނީ ތ. މަޑިފުށީގައެވެ. މިއީ މި މުބާރާތް ބާއްވާ 4 ވަނަ ފަހަރެވެ.

މި މުބާރާތް އިންތިޒާމްކުރާ ފްރެންޑްސް ޕްރިންޓަކީ މިފަދަ އިޖުތިމާއީ ކަންކަމުގައި އަބަދުވެސް ނަމޫނާ ދައްކަމުން އަންނަ ފަރާތެކެވެ. މީގެ ކުރިން ބޭއްވި މި މުބާރާތްތަކަށް ރަށު ރައްޔިތުންގެ އިތުރުން ރާއްޖޭގެ އެހެން ރަށްރަށުންވެސް ބޮޑު ތަރުހީބެއް ލިބިގެންގޮސްފައިވެއެވެ.

An error has occurred. This application may no longer respond until reloaded. Reload 🗙