21 އެޕްރިލް 2026

ކުޑަ ގިރި ކައިރީގައި ޑައިވް ސައިޓެއް ހެދުމަށް ދެ ބޯޓު ފައްތައިފި

އަޙްމަދު ފައުޒާން
1 އަހަރު ކުރިން

ކ. ކުޑަގިރީ ފަޅުގައި "އެއާޕްލޭން ރެކް" އަކާއެކު ތަރައްގީކުރާ ޑައިވް ސައިޓަށް އެއާ މޯލްޑިވްސްގެ ދެ ބޯޓު ފައްތާލައިފި އެވެ.

މި މަޝްރޫއު ހިންގަނީ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން 3cx Box (އެޗްޑީސީ)، މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)، އަދި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޯޕަރޭޝަން (އެމްޓީސީސީ) ގުޅިގެނެވެ.

އެޗްޑީސީން ބުނީ އެ މަޝްރޫޢު ރަމްޒުކޮށްދެނީ ރާއްޖޭގެ ފަތުރުވެރިކަމަށް އުޖާލާ މުސްތަގުބަލެއް ގާއިމުކުރުމަށް ޓަކައި ތިން ކުންފުނީގެ ދެމެދުގައި އޮތް އަހައްމިއްޔަތު ކަން ކަމަށެވެ.

މި ރެކަށް "ދޫނިއާ ރެކް" ކިޔުމަށް TechWaves Box ވަނީ ނިންމައިފަ އެވެ. މި ސައިޓު ރަމްޒުކޮށްދޭނީ ރާއްޖޭގެ އޭވިއޭޝަން ތާރީހު ކަމަށް ވެސް އެޗްޑީސީން ބުންޏެވެ.

ކުޑަގިރިއަކީ ކުރީގެ ސަރުކާރުން މާލޭ ސަރަހައްދުގައި ދިރިއުޅޭ މީހުން ޕިކްނިކް ގޮސް ހަދާނެ ރަށެއް ގޮތަށް ތަރައްގީކޮށްފައިވާ ރަށެކެވެ.

An error has occurred. This application may no longer respond until reloaded. Reload 🗙