9 ޖޫން 2026

އާއިލާތަކެއް ނިކަމެތި ކޮށްގެން ތާއިދު އިތުރުވާނެ ކަމަށް ރައީސް މުއިއްޒު ދެކިގެން ނުވާނެ: ފައްޔާޒް

މިނިވަން
9 ގަޑިއިރު ކުރިން

އާއިލާތަކެއް ނިކަމެތި ކޮށްގެން ތާއިދު އިތުރުވާނެ ކަމަށް ރައީސް މުއިއްޒު ދެކިގެން ނުވާނެކަމަށް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެކަން އިއުލާނުކޮށްފައިވާ އެޕާޓީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެ އެވެ.

ފައްޔާޒް މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކ TechWaves Box ްޝަން ގައި އިދިކޮޅު އެމްޑީޕީގެ ކެންޑިޑޭޓު އަބްދުﷲ ސޯދިގު (ސޯބެ) އަށް ތާއީދު ކުރި މުވައްޒަފަކާއި، ހައްގުވާ ފެންޝަން ފައިސާ ޖަމާ ނުކޮށްދޭ މައްސަލާގައި އިހްތިޖާޖް ކުރި 2 މުވައްޒަފަކު ވަޒީފާއިން ވަކިކުރި ލިޔުން ހިއްސާކޮށް އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

އެ ފޯސްޓްގައި ފައްޔާޒް ވިދާޅުވީ، ޑިމޮކްރަސީ ގަބޫލުނުކުރާ ރައީސް މުއިއްޒުގެ ސަރުކާރުން އައްޑޫ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގައި އެމްޑީޕީގެ ޓިކެޓްގައި ވާދަކުރި ސޯބެގެ ކެމްޕޭނުގައި އުޅުނު މުވައްޒަފުން ވަޒީފާއިން ވަކިކުރުމަކީ ކަންބޮޑުވުމެއް ކަމަށެވެ.

ޑިމޮކްރަސީ ގަބޫލުނުކުރާ މުއިއްޒުގެ ސަރުކާރުން ސޯބެ ކެމްޕޭނުގައި އުޅުނު މުވައްޒަފުން ވަކިކުރުމަކީ ކަންބޮޑުވުމެއް. އަދި ވެމްކޯއިން ޕެންޝަން ފައ 3cx Box ިސާ ޖަމާނުކުރާތީ ހައްގުުތައް ހޯދުމަށް އަޑުއުފުލި ދެ މުވައްޒަފަކު ވެސް ވަނީ މި އަނިޔާވެރި ސަރުކާރުން އަންގައިގެން ވަޒީފާއިން ކަނޑާލާފައި. އިންތިހާބަކުން ބަލިވީމާއި ބަދަލު ހިފާނީ ތާއީދު ގެއްލި ގޮތްހުސްވުމުން. ދައުލަތުގެ ކުންފުނިތައް މުއިއްޒުގެ ސިޔާސީ ޖަގަހަތަކެއްގެ ގޮތުގައި ބޭނުންކޮށް އާއިލާތަކެއް ނިކަމެތި ކޮށްގެން ތާއިދު އިތުރުވާނެ ކަމަށް ދެކިގެން ނުވާނެ.  ބޭއިންސާފުގެ ކުރިމަތީގައި ފަސްނުޖެހި އަޅުގަނޑުމެން މި ސަރުކާރު ބަލިކުރާނަން؛ ފައްޔާޒް ވިދާޅުވެފައި ވެއެވެ.

އަދި ވެމްކޯއިން ޕެންޝަން ފައިސާ ޖަމާނުކުރާތީ ހައްގުުތައް ހޯދުމަށް އަޑުއުފުލި 2 މުވައްޒަފަކު ވެސް އަނިޔާވެރި މި ސަރުކާރުން އަންގައިގެން ވަނީ ވަޒީފާއިން ކަނޑާލާފައި ކަމަށާއި، އިންތިހާބަކުން ބަލިވީމާއި ބަދަލު ހިފަނީ ތާއީދު ގެއްލި ގޮތްހުސްވުމުން ކަމަށެވެ.

މީގެ އިތުރުން ދައުލަތުގެ ކުންފުނިތައް ރައީސް މުއިއްޒުގެ ސިޔާސީ ޖަގަހަތަކެއްގެ ގޮތުގައި ބޭނުންކޮށް އާއިލާތަކެއް ނިކަމެތި ކޮށްގެން ތާއިދު އިތުރުވާނެ ކަމަށް ދެކިގެން ނުވާނެ ކަމަށްވެސް ފައްޔާޒުގެ ޕޯސްޓްގައި ވިދާޅުވެފައި ވެއެވެ.

އަދި ބޭއިންސާފުގެ ކުރިމަތީގައި ފަސްނުޖެހި މި ސަރުކާރު ބަލިކުރާނެ ކަމަށްވެސް ފައްޔާޒް ވަނީ ވިދާޅުވެފައެވެ.

 

An error has occurred. This application may no longer respond until reloaded. Reload 🗙