logo minivan

English

އާދިއްތަ, 08 ސެޕްޓެމްބަރ 2024

ޒަކާތު ފަންޑުން ޣައްޒާއަށް 1 ލައްކަ ޑޮލަރު ފޮނުވަނީ

ޣައްޒާގައި ހާލުގައިޖެހިފައިވާ މުސްލިމުންނަށް އެހީތެރިވުމަށްޓަކައި، ޒަކާތު ފަންޑުން 1 ލައްކަ ޑޮލަރު ފޮނުވަން ނިންމައިފިއެވެ.

އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ ޒަކާތު ފަންޑުން ޣައްޒާގެ ރައްޔިތުންނަށް ފޮނުވާ އިންސާނީ އެހީތެރިކަން ފޯރުކޮށް ދޭނީ ގަތަރުގެ ރެޑްކްރެސެންޓް މެދުވެރިކޮށް ކަމަށެވެ. މީގެ ކުރިން ވެސް ދިވެހި ރައްޔިތުންގެ ގައުމީ ފެންވަރުގެ އެހީ ދެ ފަހަރެއްގެ މަތިން ގަތަރުގެ ރެޑްކްރެސެންޓް މެދުވެރިކޮށް ފޮނުވާފައިވާކަން މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރ އިތުރަށް ވިދާޅުވީ ޒަކާތު ފަންޑުން ފުރަތަމަ މަރުހަލާ ގައި ފޮނުވަން ގަސްތު ކުރަނީ އެއް ލައްކަ ޑޮލަރު ކަމަށާއި މި ފައިސާ ފޮނުވާނީ ދެ ޕޭމަންޓަކަށް ބަހައިގެން ކަމަށެވެ. އަދި މި ފައިސާ އަކީ ޣައްޒާގެ ރައްޔިތުންގެ ކާބޯތަކެއްޗަށް ހޭދަކުރުމަށްޓަކައި ފޮނުވޭ އެހީއެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"މިއީ އިއްޒަތްތެރި ރައީސުލްޖުމުހޫރިއްޔާގެ އިރުޝާދުގެ ދަށުން ކުރިއަށް ގެންދެވޭ ކަމެއް." މިނިސްޓަރ ވިދާޅުވިއެވެ.

 މިއީ ރާއްޖޭގެ ޒަކާތު ފަންޑުން ބޭރުގެ ފަރާތަކަށް އެހީވާ ފުރަތަމަ ފަހަރުކަންވެސް މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ.

މާލެއަށް ފިތުރު ޒަކާތް ދެއްކި އަދަދު މިފަހަރު އިތުރުވެފައިވާއިރު، އިސްލާމިކް މިނިސްޓްރީން ބުނީ މާލޭގައި ފަގީރުންގެ ގޮތުގައި ދަފްތަރު ކުރެވިފައިވާ ކޮންމެ މީހަކަށް 8،000 ރ.ގެ ރޭޓުން ޒަކާތް ބަހަން ފަށާފައިވާ ކަމަށާއި ފައިސާ ޖަމާވާނީ ސީދާ އެމީހެއްގެ އެކައުންޓަށް ކަމަށެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *