logo minivan

English

ހޮނިހިރު, 23 ނޮވެމްބަރ 2024

ޕީއެންއެފްގެ ވަގުތީ ރައީސަކަށް ޒޭން ޢަބްދުﷲ ޔާމީން

ކުރީގެ ރައީސް ޢަބްދުﷲ ޔާމީން އިސްވެ ހުންނަވައިގެން އުފެއްދި ޕާޓީ، ޕީޕަލްސް ނެޝަނަލް ފްރޮންޓް (ޕީއެންއެފް)ގެ ވަގުތީ ރައީސަކަށް، އެމަނިކުފާނުގެ ދަރިކަލުން ޒޭން އަބްދުﷲ ޔާމީން އިންތިހާބުކޮށްފި އެވެ.

ޕީއެންއެފްގެ ވަގުތީ ރައީސަކަށް ޒޭން އިންތިހާބުކޮށްފައިވަނީ، ޕީއެންއެފް އުފެއްދުމުގެ ގޮތުން މިރޭ ނިއުޕޯޓް ސަރަހައްދުގައި ބޭއްވި ޖަލްސާގައި 329 މެމްބަރުންގެ އިއްތިފާގުންނެވެ.

މި ޖަލްސާގައި ވަނީ ޕީއެންއެފް ވަގުތީ ސެނެޓް އިންތިހާބުކޮށް، ޕާޓީގެ ލޯގޯ އާއި ކުލަވެސް ވަނީ ފާސްކޮށްފައެވެ. މި ޖަލްސާގައި ކުރީގެ ރައީސް ޔާމިނުގެ އަނބިކަނބަލުން ފާތިމަތު އިބްރާހީމް ބައިވެރިވެ ވަޑައިގެންނެވިއެވެ. އަދި ޖަލްސާ ނިމުނުތަނަށް ރައީސް ޔާމީން ވަޑައިގެން ޕާޓީގެ މެމްބަރުންނާ ބައްދަލުކުރައްވާފައެވެ.

ހެންވޭރު ނިއުޕޯޓް ސަރަހައްދުގައި ޕީއެންއެފް ޖަލްސާ ބާއްވާފައިވަނީ ޢިޔާސުއްދީން ސްކޫލުގައި ޖަލްސާ ކުރިއަށްގެންދިއުމުގެ ފުރުސަތު ފުލުހުން ނުދިނުމުންނެވެ.

މިކަމާ ގުޅޭގޮތުން ފުލުހުން ބުނެފައިވަނީ ޖަލްސާ ހުއްޓުވަން ޖެހުނީ ހުއްދަ ދެވިފައި ނުވާ އެއްވުމެއް ބާއްވަން އުޅޭތީވެ، އެކަން ހުއްޓުވައި ސްކޫލު ރައްކާތެރިކުރުމަށް، މިނިސްޓްރީ އޮފް އެޑިއުކޭޝަނުން އެދިފައިވާތީ ކަމަށެވެ.

ޕީއެންއެފުން މިރޭ ބޭއްވުމަށް ތާވަލްކުރި މި ޖަލްސާ ބޭއްވިޔަ ނުދިނުމަށް މާ ކުރިންސުރެ ފެށިގެން މަސައްކަތް ފަށާފައިވާކަމަށް އެ ޕާޓީގެ އިސް ހަރަކާތްތެރިޔާ، މުހައްމަދު މަލީހް ވަނީ މިއަދު ވިދާޅުވެފައެވެ. މަލީހް ވިދާޅުވެފައި ވަނީ މިރޭގެ ޖަލްސާ ބޭއްވިޔަ ނުދިނުމަށް ސަރުކާރުން އަންގައިގެން، ސްޓެލްކޯއިން ވަނީ ޖަލްސާ ކުރާ ތަނުން ކަރަންޓު ކަނޑާލާފައި ކަމަށެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ