logo minivan

English

އާދިއްތަ, 08 ސެޕްޓެމްބަރ 2024

ޖަމީލް، ރައީސް އަށް: ތިޔަ ދައްކަވާ ވާހަކަތަކަށް ބުރަދަނެއް ލިބޭނީ، އިހުސާނާއި ޝަފީއު މަގާމުން ވަކިކުރުމުން

ޕީޕަލްސް ނޭޝަނަލް ފްރޮންޓް، ޕީއެންއެފް އުފައްދަން ރޭ ޣިޔާސުއްދީން ސްކޫލްގައި ބޭއްވުމަށް ތައްޔާރުވަމުންދިޔަ ޖަލްސާގައި ފުލުހުންގެ އަމަލުތައް ހުރީ ރައީސް ޑރ.މުއިއްޒު އެންގެވިގޮތާ ހިލާފަށްކަމަށް އެމަނިކުފާނު ވިދާޅުވި ނަމަވެސް އެކަން ޤަބޫލު ނުކުރައްވާ ކަމަށް ޕީއެންއެފްގެ ސެނެޓްގައި ހިމެނި ވަޑައިގަންނަވާ، ޑރ.މުހައްމަދު ޖަމީލް ވިދާޅުވެއްޖެއެވެ.

ރޭ ހިނގާދިޔަ ކަންތައްތަކާ ގުޅޭގޮތުން ރައީސް މިއަދު ނޫސްވެރިންނާ ވާހަކަދައްކަވަމުން ވިދާޅުވެފައިވަނީ، ރޭ ޕީއެންއެފްގެ މެމްބަރުންނާ ދެކޮޅަށް އެސްއޯ ފުލުހުން އަމަލުކޮށްފައިވަނީ އެމަނިކުފާނު ގެންގުޅުއްވާ އުސޫލުތަކާ ހިލާފަށްކަމަށެވެ. އަދި ރޭގެ ޖަލްސާގައި ފުލުހުން އަމަލުކޮށްފައިވަނީ އެބާވަތުގެ ކަންކަމުގައި އެމަނިކުފާނު ދެއްވާފައިވާ އިރުޝާދުތަކާ މުޅިން ހިލާފަށްކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

މިކަމާއި ގުޅިގެން މީގެ ކުޑައިރުކޮޅެއް ކުރިން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ކުރީގެ ރައީސް ޔާމިނުގެ ވަކީލުންގެ ޓީމުގައިވެސް ހިމެނިވަޑައިގަންނަވާ އެންމެ އިސް ވަކީލް ޑރ.ޖަމީލް ވިދާޅުވީ، ރައީސް މިހާރު އެ ދައްކަވަމުން ގެންދަވާ ވާހަކަފުޅު ތަކަކީ ކަނޑައެޅިގެން ޑެމޭޖް ކޮންޓްރޯލް ކުރެވޭތޯ ރައީސް ހައްދަވާ ބުހުތާނު ދޮގުތަކެއް ކަމަށެވެ. މިގޮތުން ސަރުކާރުން ކަންތައް ކުރީ ދުރާލާ ރާވައިގެން ކަމަށް ވިދާޅުވެ ޖަމީލް ވަނީ ފަސް ނުކުތާއެއް ފާހަގަކުރައްވާފައެވެ؛

  1. ސްޓެލްކޯއިން ކަރަންޓް ނުދިނުން، އެކަން އިއްޔެ ރެއިން ފެށުނު.
  2. އެޑިއުކޭޝަނުން ޢިޔާސުއްދީނަށް ބިރު ދައްކާ އިންޒާރު ދިނުން، އެކަންތައް މުޅިދުވަހު ތަކުރާރު ކުރަމުން ދިޔަ
  3. އިލެކްޝަނަށް އެޑިއުކޭޝަން/ ފުލުހުން އިއްޔެއިން ފެށިގެން ތަކުރާރުކޮށް ބިރުދެއްކުން.
  4. ކޭޓަރިން ހެދި ފަރާތްހޯދައި ކެންސަލް ކުރެވޭތޯ އުޅުން.
  5. ފުލުހުން އަތުގައި ގާނޫނީ ޙުއްޖަތެއް ނެތްއިރު ސާފުކޮށް ކޮންމެ ގޮތެއް ހަދައިގެން ވިޔަސް އެއްވުން ހުއްޓުވަން އަންގާފައި އޮތުން.

ޖަމީލް ވިދާޅުވީ ރައީސް ޑރ.މުއިއްޒު މިކަމުގައި ވާހަކަދައްކަން މަޖްބޫރުވީ ރައްޔިތުންނާއި މުޅި ރާއްޖޭގެ ސިޔާސީވެރިންގެ ނުރުހުން އޮތްމިންވަރު ފެނުމުން ކަމަށެވެ. ޖަމީލް ވިދާޅުވީ ރައީސް އެ ދައްކަވާ ވާހަކަފުޅުތަކުގައި ކުޑަނަމަވެސް ބުރަދަނެއް ހުރިކަމަށް ޤަބޫލުކުރެވޭނީ ހޯމް މިނިސްޓަރު އިހުސާނާއި، އެޑިއުކާޝަން މިނިސްޓަރު ޝަފީއު މަގާމުން ވަކިކުރުމުން ކަމަށެވެ.

ރޭ ހިނގައިދިޔަ ކަންތައްތަކާ ގުޅިގެން ރައީސް ޑރ.މުއިއްޒު ވަނީ، އެ ކަންތައްތަކާމެދު އެމަނިކުފާނު ހިތާމަފުޅު ކުރައްވާކަމަށާއި، ސަރުކާރުގެ ތެރެއިން އެކަން ކުރުމުގައި އޯޑަރެއް ދެއްވާފައިވާނަމަ، އެކަން ބަލައި ފިޔަވަޅު އަޅުއްވާނޭ ކަމަށެވެ.

އަދި ކަންތައްތައް އިންވެސްޓިގޭޓްކުރުމަށްފަހު، ރިޕޯޓް މިއަދު އިރުއޮއްސުމުގެ ކުރިން އެމަނިކުފާނަށް ފޮނުއްވުމަށް އަންގަވާފައިވާނޭ ކަމަށްވެސް ރައީސް މިއަދު ވަނީ ވިދާޅުވެފައެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *